ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު ގެއްލުލެއް ލިބުނު އެއް ބަޔަކީ ދިވެހިންނެވެ. މުޅި އިގްތިސޯދު ޓޫރިޒަމަށް ދޫކޮށްގެން ތިއްބައި ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމާ ގުޅިގެން ރާއްޖެއަށް ފޫބައްދަށް ދަތި ގެއްލުމާވަނީ ކުރިމަތިވެފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހު ބޯޑަރު ހުޅުވުމާއެކު މި ގެއްލުމުން އަރައި ގަންނަމުންދާކަމުގެ ކޮޅުމަތި ފެންނަން ފެށި އެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރު ހުޅުވިގެން ދިޔަނަމަވެސް ޓޫރިޒަމްގެ އެންމެ މަޝްހޫރު ގައުމުތަކުގެ ބޯޑަރުން މީހުން ނުކުމެގެން ރާއްޖެ އަންނަ އޮތް ހުރަސްތަކުގެ ސަބަބުން އޭގެ ގެއްލުން އިންތިހާއަށް ރާއްޖެ އިންތިސޯދަށް ދިޔައީ ވަމުންނެވެ. މި ފަދަ އެއް ގައުމަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ "ޓްރެޑިޝަނަލް މާކެޓް" ކަމަށްވާ އިނގިރޭސިވިލާތެވެ. އެ ގައުމުގެ ބޯޑަރު ދިވެހި ރާއްޖެ އަށް ހުޅުވިނަމަވެސް ރާއްޖެއާއި އެ ގައުމާ ދެމެދު އޮތް "ޑައިރެކްޓް ކަނެކްޝަން" ކެނޑިފައި އޮންނަތާ ހަތަރު މަސްވެެއްޖެ އެވެ. ސަބަބަކީ "ޔޫކޭގެ ރެޑްލިސްޓު" ގައި ރާއްޖެ އޮތުމެވެ.
އެ ގައުމުން ކޮވިޑްގެ މިހާލަތުގައި ރައްކާތެރި ގައުމުތަކުގެ ލިސްޓް ނުވަތަ "ގްރީން ލިސްޓަށް" ރާއްޖެ ނުލައި އޮތުމެވެ. އެހެންވެ ރާއްޖެ އަށް އެ ގައުމުން މީހަކު އައިނަމަވެސް ގައުމަށް ގޮސް ދިގު ކަރަންޓީނެއް ވާން ޖެހުންވީ ރާއްޖޭގެ ޓޫރިޒަމަށް ލިބުނު ބޮޑު ގެއްލުމަކަށެވެ. އެހެންވެ އެ ގައުމުން އަންނަ އެއާލައިންތަކަށް ބޭނުންވާ ވަރަށް "ބޯހަމަ ނުވެގެން" އޮތީ ހުއްޓާލި އެވެ. ނަމަވެސް މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން "ގްރީން ލިސްޓަ" ށް ރާއްޖެ އެރުމާއެކު ދިވެހިންނަށް މި ވަނީ އުންމީދުއާ ވެފަ އެވެ. އިގްތިސޯދު ކުރިއަށް ގެންދަން މިވަނީ އިތުރު އުންމީދެއް ލިބިފަ އެވެ.
"އިނގިރޭސިވިލާތުގެ ގްރީން ލިސްޓަށްލުމުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި ފައިދާ ތަކެއް ކުރާނެ. ބައެއް ރިސޯޓުތަކީ އިނގިރޭސިވިލާތުގެ ދުވަސްވީ ކްލައިންޓުން ގެންނަ ތަންތަން. އެހެންވީމަ މި ބަދަލުގެ ސަބަބުން ލިބިގެން މިދިޔައީ ވަރަށް ބޮޑު އުންމީދެއް،" ޓޫރިޒަމް މިނިސްޓްރީގެ ސީނިޔަ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވި އެވެ.
ރާއްޖެ- އިނގިރޭސިވިލާތުގެ ރައްކާތެރިކަމުގެ ލިސްޓަށް ނާރައި އޮތް އެއް ސަބަބަކީ އެ މީހުން ގަބޫލުކުރާ ގޮތަށް "ވޭރިއަންޓް ޓެސްޓް ރިޕޯޓް" ޖައްސަ ޖައްސައިގެން ތިން ފަހަރު ރާއްޖެއަށް ފޯރުކޮށް ނުދެވުމެވެ. އެހެންވެ މި ލިސްޓަށް ނާރައި އޮންނަތާ ހަތަރު މަސް ވެއްޖެ އެވެ. މި ލިސްޓަށް ރާއްޖެ ނާރައި މިވޭތުވެދިޔަ ހަތަރު މަސް ތެރޭގައި އިނގިރޭސި މާކެޓު ނެތުމުން ދިވެހި ޓޫރިޒަމަށް ލިބުނު ގެއްލުން އެތަށް މިލިއަން ޑޮލަރަށް އަރައިފި އެވެ.
އެންމެ ފަހުން މި ލިސްޓަށް އައިފި އެވެ. މި ލިސްޓަށް ރާއްޖެ އެރުމުން ލިބޭނެ ފައިދާއަކީ ކޮބާ ހެއްޔެވެ؟ މީގެ ސަބަބުން ޓޫރިޒަމަށް ލިބޭނީ ކޮން ކުރިއެރުމެއް ހެއްޔެވެ؟
ބްރިޓިޝް އެއާވޭސް: ގިނަ ބައެއްގެ ލޯ
މި ސަބަބުތަކާހުރެ މި މާކެޓުގެ މުހިންމުކަން ރާއްޖެ އަށް އޮތީ ބޮޑުވެފަ އެވެ. އަދި އިނގިރޭސި ގައުމީ އެއާލައިން "ބްރިޓިޝް" އެއާވޭސް ފްލައި ކުރާ މަންޒިލް ތަކަކީ އުންމީދު ބޮޑު / ރައްކާތެރި މާކެޓުތަކެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ބަޔަކު ދެކޭ ނަޒަރިރިއްޔާއެއް ވެސް އޮވެ އެވެ. އެހެންވެ ޔޫކޭ ގްރީން ލިސްޓުން ރާއްޖެ އަށް ޖާގަ ލިބުމަކީ މުޅި ޓޫރިޒަމް އިންޑަސްޓްރީން އުފާކޮށް "ޕާޓީ ބާއްވާ" ވަރުގެ ކަމެކެވެ. ދުނިޔޭގެ ގިނަ ބައެއްގެ ލޯ ބްރިޓިޝް އެއާވޭސް ފަށާ ހިސާބުން ރާއްޖެ އަށް އެނބުރޭނެ އެވެ. އެހެންވެ، އަލުން ބޯޑަރު ހުޅުވުމާއެކު "ބަޖެޓް" ޓޫރިޒަމަށް ފަހިކަން އަންނާނެ ކަމަށް އުންމީދު ކުރެ އެވެ.
ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާކޮށްކުރާ، ކާނި ކުންފުނީގެ ވެރިޔާ، އަބްދުﷲ ނަޝީދު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ހޮޓާ ތަކަށް ވެސް ގިނަ އަދަދަކަށް އިނގިރޭސިން ކުރިން އާދެ އެވެ.
"ގްރީން ލިސްޓަށްލުމާއެކު މިއީ ލިބިގެންދާނެ ބޮޑު އުންމީދެއް. އަޅުގަނޑުމެންނަށް އެކަނި ބެލިނަމަވެސް ގިނަ ބަޔަކު އާދެ ކުރިން އެ ގައުމުން [އިނގިރޭސިވިލާތުން] އެެހެންވެ ގްރީން ލިސްޓަށްލުމަކީ ލިބިގެންދާނެ އުންމީދެއް،" އަބްދުﷲ ވިދާޅުވި އެވެ.
ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާކޮށްކުރާ، ކާނި ކުންފުނީގެ ވެރިޔާ، އަބްދުﷲ ނަޝީދު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ހޮޓާ ތަކަށް ވެސް ގިނަ އަދަދަކަށް އިނގިރޭސިން ކުރިން އާދެ އެވެ.
"ގްރީން ލިސްޓަށްލުމާއެކު މިއީ ލިބިގެންދާނެ ބޮޑު އުންމީދެއް. އަޅުގަނޑުމެންނަށް އެކަނި ބެލިނަމަވެސް ގިނަ ބަޔަކު އާދެ ކުރިން އެ ގައުމުން [އިނގިރޭސިވިލާތުން] އެެހެންވެ ގްރީން ލިސްޓަށްލުމަކީ ލިބިގެންދާނެ އުންމީދެއް،" އަބްދުﷲ ވިދާޅުވި އެވެ.
"މުސްކުޅި" މާކެޓެއްގެ ދިރުން
މީގެ އިތުރުން އަނެއް ސަބަބަކީ ރާއްޖޭގެ ޓޫރިޒަމްގެ މިހާރުގެ ޓްރެންޑް އޮތް ގޮތެވެ. ކޮވިޑް-19 ގެ ކުރިއަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެތެރޭގައި ގިނައިން ތިބީ ރާއްޖޭގެ ޓޫރިޒަމް މާކެޓުގެ ޒަމާންވީ ޔޫރަޕުގެ ގައުމުތަކެވެ. ކުރިން މި ލިސްޓުގައި 2007 އިން ފެށިގެން ޗައިނާ އެރިނަމަވެސް ގިނައިން ތިބީ ޔޫރަޕުގެ ގައުމުތަކެވެ. ކޮވިޑުގެ ކުރީގައި މި ލިސްޓުގައި ހިމެނެނީ އިޓަލީވިލާތާއި ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތާއި ރަޝިއާ އާއި ފްރާންސް ފަދަ ގައުމުތެކެވެ.ނަމަވެސް ބޯޑަރު ތަޅުއަޅުވައި އަލުން ހުޅުވިފަހުން މި ލިސްޓު އެއްކޮށް ބަދަލުވެއްޖެ އެވެ.
މިހާރު ރާއްޖޭގެ ޓޮޕް 10 މާކެޓް
- އިންޑިއާ
- ރަޝިއާ
- ޖަރުމަނުވިލާތް
- އެމެރިކާ
- ޔޫކްރެއިން
- ސައޫދީ އަރަބިއްޔާ
- ސްޕެއިން
- ކަޒަކިސްޓާން
- ފްރާންސް
މި އަހަރުގެ މިހާތަނަށް ބަލާއިރު ރާއްޖެ އަށް 800،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް މިހާރު ރާއްޖޭގެ ޓޫރިޒަމަށް ބޮޑަށް "ޕިޗް ކުރަނީ" އިންޑިއާގެ "ޗީޕް ކަރަންޓީން" މާކެޓު ފިޔަވައި ސޯވިއެޓުން ރޫޅުނު ރަޝިއަން ރީޖަންގެ ގައުމުތަކުންނެވެ. މެދުތެރެ އާއި އިރުމަތީ ޔޫރަޕުގެ ގައުމުތަކުންނެވެ. ޓޫރިޒަމްގެ އެންމެ ފަހުގެ ތަފާސް ހިސާބަކަށް ބަލާނަމަ ޖުލައި 15 އާ ހަމައަށް ރަޝިއާ އިން 165,452 ޓޫރިސްޓުންނާއެކު ޓޫރިޒަމްގެ 400 ޕަސެންޓުގެ ކުރިއެރުމެއް ފާހަގަ ކުރެ އެވެ. އެހެންވެ ބްރިޓިޝް މާކެޓު ފެށުމަކީ ޓޫރިސްޓު ނަމްބަރަށް ލިބިގެންދާނެ އިތުރު ކުރިއެރުމެކެވެ. މީގެ އިތުރުން ދުރުން ދަތުރުކޮށް އަންނަ އިނގިރޭސިންނަކީ ގިނަ ދުވަހު ރާއްޖޭގައި ތިބޭނެ ބައެކެވެ. އަދި އެ މީހުންގެ ތެރޭގައި ރާއްޖެދެކެ ލޯބިވާ "ރިޕީޓާސް" ގިނަ އެވެ. ރާއްޖޭގެ ބޮޑެތި މަޝްހޫރު ހޮޓެލް ޗެއިންތައް ކަމަށްވާ ކްރައުން އެންޑް ޗަމްޕާ އާއި ޔުނިވާސަލްގެ ރިސޯޓު ތަކަކީ އަބަދު އިނގިރޭސިން ލިބޭ ތަންތަނެވެ. މިއީ "ޑައިހާޑް" އިނގިރޭސި ރިސޯޓުތަކެވެ. އެހެންވެ ޔޫކޭގެ ގްރީން ލިސްޓާއެކު އިތުރު މީހުން ރާއްޖެ އަންނަން ފަށާނެ އެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ އެއް ޓުއާ އޮޕަރޭޓަރު ކަމަށްވާ ލެސްޓްގޯ ކުންފުނީގެ ވެރިޔާ މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި ޔޫކޭގެ ގްރީން ލިސްޓުން ޖާގަ ލިބުމަކީ އުންމީދެއް ކަމަށާ، މީގެން އެނގެނީ ޓޫރިޒަމްގެ ކުރިމަގު ރަނގަޅުކަން ކަމަށާ މިއީ ޓޫރިޒަމްގެ އަގުތައް ވެސް މަތި ކުރަން ވެސް ލިބޭނެ ފުރުސަތެއް ކަމަށެވެ.
"އިނގިރޭސިން އެތިބީ ގައުމުން ނުފުރިފަ. އެހެންވެ ގްރީން ލިސްޓުގައި ރާއްޖެ ހިމެނުމުން ހައި ސީޒަނަށް ވެސް މަންފާ ކުރާނެ. މިހާރު ހައި ސީޒަންގެ ކޮންޓްރެކްޓްތައް ހުންނާނީ ހެދިފަ. އެހެންވީމަ ރޭޓްތަކާ މި ފަހަރު ނުކުޅެވޭނެ. އެކަމަކު ކުރިއަށް އޮތްތަނުގައި ރޫމުގެ އަގުތައް މަތި ވެގެން ދިއުމުގެ ފުރުސަތު ވެސް އެބައޮތް،" ރިޔާޒު ވިދާޅުވި އެވެ.
އިނގިރޭސިން އެތިބީ ގައުމުން ނުފުރިފަ. އެހެންވެ ގްރީން ލިސްޓުގައި ރާއްޖެ ހިމެނުމުން ހައި ސީޒަނަށް ވެސް މަންފާ ކުރާނެ. މިހާރު ހައި ސީޒަންގެ ކޮންޓްރެކްޓްތައް ހުންނާނީ ހެދިފަ. އެހެންވީމަ ރޭޓްތަކާ މި ފަހަރު ނުކުޅެވޭނެ. އެކަމަކު ކުރިއަށް އޮތްތަނުގައި ރޫމުގެ އަގުތައް މަތި ވެގެން ދިއުމުގެ ފުރުސަތު ވެސް އެބައޮތްމުހައްމަދު ރިޔާޒު | ލެޓްސްގޯ ކުންފުނީގެ ވެރިޔާ
"އަނެއްކާ މިހާރު ވެސް ބްރިޓިޝް ވަޔާ [އިނގިރޭސިވިލާތުން ރާއްޖެ އަށް ދަތުރު ކުރެވޭނެ މަގުތައް] އެބައޮތް. ދުބާ އިން ވެސް އާދެވޭ. އަނެއްކާ ލަންކާ ހުޅުވީމަ އެ މަގުން އަންނަ މީހުންގެ އުޅޭނެ. އެހެންވީމަ މިއީ ވަރަށް ބޮޑު އުންމީދެއް ކުރިމަގަށް."
ޓޫރިޒަމްގެ ހިސާބުތައް ހާވާލާއިރު ފެންނަނީ ކޮވިޑުގެ ބިރުގައި ވެސް ބައި ލައްކަ އިނގިރޭސިން 2020 ގައި ރާއްޖެއަށް ދަތުރު ކުރިތަނެވެ. އެހެންވެ މިހާރު އުންމީދަކީ އަލުން ބްރިޓިޝް މާކެޓު ހުޅުވުމާއެކު އަންނަ އަހަރު މި ނަމްބަރަށްވުރެ ބޮޑު އަދަދެއް އިތުރުވުމެވެ. މި އަށް ބާރުދޭނެ އެއް ކަމަކީ ރާއްޖެ އަށް އޮތް ފަސޭހަ ދަތުރުފަތުރެވެ. ރާއްޖެ އަށް މިހާރު 10 ޗާޓަރެއް އުދުހޭއިރު އެންމެ ގިނައިން ޓޫރިސްޓުން ގެނެސްދެނީ އިނގިރޭސިވިލާތަށް އުދުހޭ އިއްތިހާދާއި ގަތަރު އެއާވޭސް އެވެ. އަދި ދުބާއީ އާއި ޔޫއޭއީއަކީ ދުނިޔޭގެ "ޓްރާންސިޓް" ހަބެކެވެ. އެހެންވެ މި ހަބުގައި ޖައްސާފަ ރާއްޖެ އަށް އަންނަ އިނގިރޭސިން އިތުރުވާނެ ކަމަށް އުންމީދު ކުރެ އެވެ. އެހެންވެ "ޔޫކޭ ގްރީން ލިސްޓާ" އެކު ޓޫރިޒަމަށް މި އަހަރުގެ ބާކީއޮތްބަޔާއި އަންނަ އަހަރު އަންނާނީ ފެހިކަން ކަމަށް އުންމީދު ކުރެވެ އެވެ.