އެކްސިޑެންޓް

ހައިވޭ އިން ހުޅުމާލެ އަށް އަރާ ހިސާބުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

Sep 20, 2021
1

ހައިވޭ އިން ހުޅުމާލެ އަށް އަރާ ހިސާބުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހައިވޭ މަތިން ބާރު ސްޕީޑުގައި ދުއްވަމުން އައި ކާރެއް ކޮންޓްރޯލް ނުވުމުންނެވެ.

ކޮންޓްރޯލް ގެއްލި ކާރު ގޮސް ޖެހުނީ ހައިވޭ އިން ހުޅުމާލެއަށް އަރަން އޮންނަ ކޮޅުގެ ބޮޑު މަގުގެ އެއް ފަޅީގައި ހިމަ ދަގަނޑު ނަރުން ހަދާފައިވާ ފެންސްގަ އެވެ.

ފެންސް ނެތް ނަމަ ކާރު މޫދަށް ވެއްޓޭނެ އެވެ. ނަމަވެސް ވަރުގަދަ އަށް ހަރުކޮށްފައިވާ ފެންސްގައި ކާރު ޖެހި މޫދަށް ނުވެއްޓި ކާރު ވަނީ އެ ހިސާބުން ކޮންޓްރޯލް ވެފަ އެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހު 3:35 ހާއިރު ހިނގި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. އެކަމަކު ކާރަށާއި ފެންސަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.