މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެކްސިޑެންޓުގައި ދެ ބިދޭސީންނަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެކަކުގެ ފައި ބިދިފައިވާ ކަމަށެވެ.

އަނިޔާވި މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެެވެ.

އޮފިޝަލު ވިދާޅުވީ ހާދިސާ ހިނގީ ހުޅުމާލޭ ދެވަނަ ފިޔަވައްސައް އަރަން އޮންނަ ބްރިޖުގައި ކަމަށެވެ. އަދި އެކްސިޑެންޓް ފުލުހަށް ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރު 12:20 ހާއިރު ކަމަށެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެނެވެ. ބިދޭސީން ތިބީ ސައިކަލުގަ އެވެ. އެކްސިޑެންޓްވުމުން ކާރު ވަނީ އެ ސަރަހައްދު ދޫކޮށް ފިލައިފަ އެވެ.