މޯލްޑިވްސް ޕޮލިސް ސާވިސް

ގިނަ އަދަދެއްގެ ބަނގުރާފުޅި ނައްތާލައިފި

Sep 30, 2021

ގއ. ކޫއްޑޫ އެއާޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރަލުގެ ބާވަތްތައް ނައްތާލައިފި އެވެ.

ނައްތާލީ ގއ. ވިލިނގިލީ ފުލުހުންގެ ބެލުމުގައި ހުރި ބަނގުރަލުގެ ބާވަތްތަކެވެ. އެ ތަކެތި ނައްތާލާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
އެއީ މި އަހަރުގެ އޭޕްރީލް މަހުގެ ފަހަކުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އަތުލި ބަނގުރަލެވެ. އޭގެ ތެރޭގައި ހިމެނެނީ 585 ފުޅި ބަނގުރަލާއި 201 ދަޅު ބިޔަރެވެ.

މި ތަކެތި ނައްތާލީ ފުލުހުން އަތުލާ ބަނގުރަލާއި އެފަދަ މައްސަލަތަކުގައި ހިފަހައްޓާ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގަވާއިދުގެ ދަށުންނެވެ.