މޯލްޑިވްސް ޕޮލިސް ސާވިސް

މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުގޮސްފި

މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުގޮސްފި އެވެ.

ފުލުހުން ދެންމެ ބުނީ ރައީސް އޮފީހުގެ މައި ގޭޓް ކުރިމައްޗަށާއި ހުކުރު މިސްކިތުތެރެއަށް އަދި އިސްލާމީ މަރުކަޒުގެ ތެރެއަށް މީހަކު ކުޑަކަމުގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަން ބަލަމުންދާ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ދެންމެ ވިދާޅުވީ އިސްލާމީ މަރުކަޒުގެ ތެރެއަށް ވަދެ އިމާމާ ކުރިމައްޗަށްވާ ހެން ކުޑަކަމު ގޮސްފައިވަނީ މަޣުރިބު ނަމާދަށް ތިއްބާ ކަމަށެވެ. އަދި އެ ކަން މިހާރު ބަލަމުންދާ ކަމަށެވެ.

ފުލުހުން ފަހުން ބުނީ ކުޑަކަމު ގޮސްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން އެނގިފައިވާ ކަމަށެވެ. އަދި މައްސަލަ މިހާރު ބަލަމުންދަ ކަމަށެވެ.