މޯލްޑިވްސް ޕޮލިސް ސާވިސް

މެރިން ޕޮލިސް އިތުރަށް ފުޅާކުރަނީ

ފުލުހުންގެ ލޯންޗެއް. މެރިން ޕޮލިސް އިތުރަށް ފުޅާކުރަން ވަނީ ނިންމައިފައި -- ފޮޓޯ: އަވަސް
0%
0%
100%

ފުލުހުންގެ ހިދުމަތުގެ ތެރޭގައި މިހާރު ހިމެނޭ މެރިން ޕޮލިސް އިތުރަށް ފުޅާކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިއަދު ވިދާޅުވީ މެރިން ޕޮލިސްގެ ހިދުމަތް މިހާރު ދެނީ އެންމެ ފުރިހަމައަށް ނޫން ކަމަށާއި އަލަށް އެކުލަވައިލު ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުންގެ ހިދުމަތުގެ އޮނިގަނޑު ބަދަލު ކުރާ އިރު މެރިން ޕޮލިސްގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން އެ ހިދުމަތަށް ވިންގް ލެވެލްގައި ޖާގަ ދީފައިވާނެ ކަމަށެވެ.

"މިހާރު ގާތްގަނޑަކަށް ކޮންމެ އަތޮޅެއްގައި އެއް ލޯންޗް ބާއްވައިގެން ތިބޭއިރުގައި ގާތްގަނޑަކަށް ލޯންޗްތަކުގެ އެންމެ މަދު އުމުރުވެސް ހުރީ ގާތްގަނޑަކަށް 11 އަހަރާ ހަމައިގައި. ބައެއް ލޯންޗްތައް އެބަހުރި 15 އަހަރު 17 އަހަރު އަދި 20 އަަހަރުގެ ލޯންޗް. [ އެހެން ނަމަވެސް] އަޅުގަނޑު އުއްމީދުކުރަން އަންނަ އަހަރު ހެޔޮ ބަދަލެއް އަންނާނެ ކަމަށް" އިމްރާން ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345