ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ޖޯން ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއީއޯ ކަމުން އިނގިރޭސި ވިލާތަށް ނިސްބަތްވާ ޖޯން ގްރިންޑަލް ދުރުކޮށް ކޮށްފި އެވެ.

ޕެންޝަން އޮފީހުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު އައިޝަތު ފަޒުނާ މިއަދު ވިދާޅުވީ ޖޯން ގްރިންޑަލް އެ މަގާމުން ވަކިކޮށްފައި ވަނީ އިއްޔެ ކަމަށެވެ. އޭނާ ވަކިކުރީ ޕެންޝަން އޮފީހުގެ ބޯޑުން ނިންމައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

އެ އޮފީހިގެ މުވައްޒަފުންނަށް ޖޯން ޖިންސީ ފުރައްސާރަ ކުރި ކަމަށް މީގެ މަހެއް ކުރިން ސޯޝަލް މީޑިއާގައި އަޑު ފެތުރުނެވެ. ފަޒްނާ ވިދާޅުވީ ޖޯން މަގާމުން ވަކިކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ނޫން ކަމަށެވެ. އެކަމަކު ސުލޫކީ މައްސަލައެއްގައި ކަމަށެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް ޖޯން އައްޔަން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ.