މޯލްޑިވްސް ޕޮލިސް ސާވިސް

ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހޯދަނީ

Oct 13, 2021
1

ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފިލައިގެން އުޅޭ ބިދޭސީ އަކު ތަހުގީގަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ފޮޓޯއާއި ވަނަވަރު ހާމަކޮށް ތަހުގީގަށް ހާޒިރުވާން އަންގާފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ޔޫނުސް، 52 އަށެވެ.

އޭނާ ހޯދަނީ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގަށެވެ. ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގޭތީ ތަހުގީގަށް ހާޒިރު ވާން އަންގާ ޗިޓް ރައްދު ކުރެވިފައެއް ނުވެ އެވެ.

އޭނާ ތަހުގީގަށް ހާޒިރުވާން އާންމުކޮށް އަންގާ އިއުލާން ކޮށްފައި ވަނީ ފުލުހުންނަށް ލިބޭ ގާނޫނީ ބާރުގެ ތެރެއިންނެވެ.

ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން ޔޫނުސް އަށް އަންގާފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ.