އެޗްއާރްސީއެމް

އެޗްއާރްސީއެމުން މާލޭ ކަސްޓޯޑިއަލްގެ ބަލައިފި

މާލެ ޕޮލިސް ކަސްޓޯޑިއަލްގެ ބަންދުގައި ތިބި މީހުނަށް އަނިޔާ ކޮށްފައިވޭތޯ އެޗްއާރްސީއެމުން ބަލައިފި އެވެ

އެޗްއާރްސީއެމްއިން ވަނީ މާލެ ޕޮލިސް ކަސްޓޯޑިއަލް އިންސްޕެކްޓް ކުރަން ވަދެފަ އެވެ. ބުނީ ބަންދުގައި ތިބި މީހުންނާ މެދު އަމަލު ކުރާ ގޮތާއި އެ ތަނުގެ އާންމު ހާލަތާއި ކަސްޓޯޑިއަލް ބަންދު މީހުނާމެދު އަނިޔާވެރި އަމަލެއް ހިނގާތޯ ބެލި ކަމަށާއި ދައުލަތުގެ ބެލުމުގެ ދަށުގައި މިނިވަންކަން ގެއްލޭ ގޮތަށް ބައިތިއްބާފައި ތިބި މީހުނަށް އެންޓި ޓޯޗާ ގާނޫނާއި ގައުމީ އަދި ބައިނަލްއަގުވާމީ އެހެނިހެން މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ފޯރުކޮށްދޭތޯ ވެސް ބެލި ކަމަށެވެ.

އިންސްޕެކްޝަންގައި ފާހަގަ ކުރެވުނު ކަންކަން ފުލުހާއި ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ވެސް އެޗްއާރްސީއެމްއިން ބުންޏެވެ.