ޖިންސީ ގޯނާ

އެގާރަ އަހަރުގެ ކުއްޖަކަށް ބޮޑުބޭބެގެ ޖިންސީ ގޯނާ

އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް އޭނާގެ ބޮޑު ބޭބެ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިއީ ނ އަތޮޅުގެ ރަށެއްގައި ހިނގާދިޔަ ކަމެކެވެ. މީގެ ފަސް ދުވަސް ކުރީން ފެށިގެން އެކަން އެނގި ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށައެޅި ނަމަވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނެތް ކަަމަށް އާއިލާއިން ބުނެފައިވަނިކޮށް ފުލުހުން ބުނީ ނޯތް ޕޮލިސް ޑިވިޝަން -- ނ، ރ، ބ، ޅ -- ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މި މަހުގެ 12 ވަނަ ދުވަހު ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް ބުންޏެވެ. ނަމަވެސް ތަހުގީގު ހިންގާ ކަމަށެވެ.

ފުލުހުން ބވަނީ ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށާ ކުއްޖާގެ ވަނަވަރު ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް އަދި ނަން ހާމަ ނުކުރާ ކަމަށެވެ. މިއީ މިފަދަ ކޮންމެ މައްސަލައަކާއި ގުޅިގެން ފުލުހުން އާންމުކޮށް ބުނާ ވާހަކައެކެވެ.