ހޮލީވުޑް

"ބްރޭކިން ބޭޑް" ގެ ހަނދާންތައް އެނބުރި އަންނަނީ

ބްރޭކިން ބޭޑްގެ ސްޕިންއޮފް މިފެށޭ ފެބްރުއަރީ މަހު އަށް ވަނަ ދުވަހު ޕްރިމިއާ ކުރާ ވާހަކައަކީ ގައިމުވެސް މި ސީރީޒްގެ ސަޕޯޓަރުން ހިތް އުފާވާނެދުވަހެކެވެ. 

ޖިނިސް ވޯރލްޑް ރިކޯޑް ފޮތުގައި ދުނިޔޭގެ އެންމެ ރޭޓިން ރަގަނޅު ސީރީޒްގެ ގޮތުގައި އޮތް ބްރޭކިންގ ބޭޑްގެ ނިމުން މާ އަވަހަށް އައިކަމަށް ޝަކުވާކުރާއެތައް ފަރާތަކަށް މިއީ ކެތްމަދުވާނެ ދުވަސްތަކެއްކަންވެސް ޔަގީނެވެ. "ބެޓާ ކޯލް ސޯލް" ގެ ނަމުގައި ގެނެސްދޭ މި ސީރީސުން ބްރޭކިންގ ބޭޑްގެ ދުނިޔެއަށް ބެލުން ތެރިން އަނބުރާ ގެންގޮސްދިނެއްކަމަކު މި ޝޯއިން "ބްރޭކިން ބޭޑް" ގެ އިސްތަރިންނެއް ފެނިގެނެއް ނުދާނެއެވެ.

ޝޯގެ އުފެއްދުންތެރިން ބުނެފައިވާ ގޮތުގައި މި ޝޯގައި ދައްކުވައިދޭނީ ބްރޭކިން ބޭޑްގެ ދެވަނަ ސީޒަނުން ފެނިގެންދިޔަ ސޯލް ގުޑްމަންގެ ކުރީގެ ދިރިއުޅުމެވެ. ނަމަވެސް ޝޯ ކުރިއަށް ދާގޮތަކުން ބްރޭކިން ބޭޑުން ފެނިގެންދިޔަ އިތުރު ކެރެކްޓާސް މި ޝޯއިން ވެސް ފެނިގެންދާނެއެވެ.

"ބެޓާ ކޯލް ސޯލް" ބްރޯޑްކާސްޓް ކުރަނީ "އޭއެމްސީ" އިންނެވެ.

"ބްރޭކިންގ ބޭޑް" ގެ މި ސްޕިންއޮފަށް ފަހު މިއަހަރު މެދުތެރޭ އޭއެމްސީގެ "ވޯކިން ޑެޑް" ގެ ސްޕިންއޮފެއްވެސް ބެލުންތެރިންނަށް ގެނެސްދިނުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެސީރީސުން ފެނިގެންދާނީ ޒޯމްބީ ދުނިޔޭގައި ސަލާމަތް ހޯދުމަށް މަސައްކަތް ކުރަމުންދާ އިތުރު އާއިލާތަކެއްގެ ވާހަކަތަކެއް ކަމަށް ދާދިފަހުން އެޗެނަލުން ވަނީ އިޢުލާންކޮށްފައެވެ.