މޯލްޑިވްސް ޕޮލިސް ސާވިސް

އިމްރާނާއި ސީޕީ ހަމީދު އުތުރަށް ދަތުރުފުޅެއް ފައްޓަވައިފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އުތުރުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި އެވެ.

އިމްރާނާއި ސީޕީ ހަމީދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހއ. ހދ. ށ. އަދި ނޯތު ޕޮލިސްގައި ހިމެނޭ ރ. އަތޮޅުގެ ބައެއް ރަށްތަކަށެވެ.

މިއަދުން ފެށިގެން މިމަހު ހަތަކަށް ކުރައްވާ މި ދަތުރުފުޅުގައި، ހއ. އަތޮޅަށް ވަޑައިގެން ތުރާކުުނުގައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން އެ ރަށުގެ ޕޮލިސް ޑެސްކު ހުޅުވާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެ އެވެ. އަދި ހދ. ކުޅުދުއްފުއްޓަށް ކުރައްވާ ދަތުރުުފުޅުގައި އެރަށުގައި އަވަށްޓެރި ފުލުހުންގެ ހިދުމަތްް ރަސްމީކޮށް ފައްޓަވައި ދެއްވާނެ އެވެ.

މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ފޭދޫއަށް ވަޑައިގެން އެރަށުގެ ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ. އެއަށްފަހު ރ. އަތޮޅަށް ވަޑައިގެން ހުޅުދުއްފާރު ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުއްވައި ދެއްވުމުގެ އިތުރުން އެ އަތޮޅު އުނގޫފާރަށް ވެސް އިމްރާނާއި ސީޕީ ހަމީދު ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އުތުރުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުލުހުންގެ ސީނިއާ ބައެއް އޮފިސަރުން ވެސް ބައިވެރިވެ އެވެ.