އިމްރާން އަބްދުﷲ

ކުރު ސޯޓެއްގައި ފެނުމުން އިމްރާނަށް ފާޑުކިޔަނީ

މިއަދުގެ މެޗުގައި އިމްރާން ކުޅުއްވަނީ: ކުރު ސޯޓް ބުރިއެއްގައި ފެނުމުން ފާޑުކިޔުން އަމާޒުވި -- ފޮޓޯ: ޕޮލިސް
60%
0%
40%

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެން ފުޓްބޯޅަ މެޗެއްގައި ކުރު ސޯޓް ބުރިއެއް ލައިގެން ހުރުމުން މިނިސްޓަރަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ހޯމް މިނިސްޓަރާއި ކޮމިޝަނަރު އޮފް ޕޮލިސް އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ކުޅުދުއްފުށި ސިޓީގައި މިއަދު ހަވީރު ޕޮލިސް ފުޓްބޯލް ގްރަންޑް ހުޅުވުމުގެ ގޮތުން ކުޅުނު މެޗުގައި އިމްރާން އާއި ސީޕީ ހަމީދު ވަނީ ކުޅުއްވާފައެވެ.

މި މެޗުގައި އިމްރާން ކުޅުއްވާ މަންޒަރު ފެންނަ ފޮޓޯތައް ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ އާންމުކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުން އިމްރާން ހުންނަވަނީ ކަކޫ ނިވާ ނުވާ ވަރުގެ ކުރު ސޯޓް ބުރިއެއް ލައިގެންނެވެ. -- ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި އިސްލާމްދީނުގައި ފިރިހެނުންގެ އައުރައަކީ ފޫޅާ ކަކުލާ ދެމެދެވެ. --

އިމްރާނަށް ފާޑުކިޔުން އަމާޒުވީ ދީނީ އިލްމުވެރިއަކަށް ވެވަޑައިގެން ހުންނަވާ އެފަދަ ގޮތަކަށް އަމަލު ކުރެއްވުމުންނެވެ.

މިއަދުގެ މެޗުގައި އިމްރާން ކުޅުއްވަނީ: ކުރު ސޯޓް ބުރިއެއްގައި ފެނުމުން ފާޑުކިޔުން އަމާޒުވި -- ފޮޓޯ: ޕޮލިސް

އާންމުންގެ ވަރަށް ގިނަ ބަޔަކު ވަނީ އެ ފޮޓޯތައް އާންމުކޮށް ތަފާތު ޝުއޫރުތައް ފާޅުކޮށްފައެވެ. ގިނަ ބަޔަކު ވަނީ އިމްރާނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެ މެޗުގައި ކުޅުނު ބައެއް ފުލުހުން އައުރަނިވާކޮށްގެން ކުޅުނުއިރު އިމްރާން ފަދަ ދީނީ އިލްމުވެރިއެއްގެ ކިބައިން އެކަން ނުފެނުނީ ކީއްވެތޯ ބައެއް މީހުން ސުވާލުކޮށްފައިވެއެވެ.

އިމްރާންގެ އެކުވެރި އަދި އޭނާ އިސްކޮށް ހުންނެވި އަދާލަަތު ޕާޓީގެ ބައެއް އިސް ބޭފުޅުންނާއި ޕާޓީގެ އާންމު މެންބަރުންވެސް ވަނީ އިމްރާން އެ ގޮތަށް އަމަލު ކުރެއްވުމުން ފާޑު ވިދާޅުވެފައެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް އަދި މި ސަރުކާރާއި އިމްރާނަށް އަބަދުވެސް ތައުރީފު ކުރައްވާ ޑރ. މުހައްމަދު އިޔާޒު އަބްދުލްލަތީފްވެސް ވަނީ އިމްރާނުގެ އެ އަމަލަށް ފާޑުވިދާޅުވެފައެވެ.

އިޔާޒު ވިދާޅުވީ އައުރަ ނިވާ ކުރުމަކީ ވަކި މީހަކު ކުރަންޖެހޭ ކަމެއް ނޫން ކަމަށާ އެއީ އެންމެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. ހާއްސަ ގޮތެއްގައި އެހެންމީހުންނަށް ނަމޫނާ އަކަށް ވާންޖެހޭ ޝައިހް އިމްރާން އަބްދުﷲ ފަދަ ބޭފުޅަކު ކަކޫ ފެންނަ ހެދުމެއްގައި އާއްމުންގެ ތެރެއަށް ނިކުންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ލީޑަރުންގެ ތެރެއިން މިފަހުން އެ ބޭފުޅެއްގެ އުޅުމާއި އެ ނޫން ބައެއް ކަންކަމަށް ވަރަށް ބޮޑެތި ބަދަލުތައް ގެންނެވި އެއް ބޭފުޅަކަށް އިމްރާން ވެވަޑައިގެންފައިވެއެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ގުދުގުދާބެއްޔާ

އިމްރާން ވެއްޖެއްޔާ ހުންނަންވާނީ މުޅިގައިގައި ފޮތިއޮޅާފައި! އަދި މިވަރަކުން ކަމަކުނުދާނެ! ޕާކިސްތާން ހެދުން ލީމަޔޯ އެހެރީ މުސްލިމަކަށްވެފަ!

ބޮޑު ސޭހު

ދެން އިމުރާނު އަބަދު އިންނަންވަނީ ޖަމަލެއްގަތަ؟

ރާއްޖެ

އިމްރާނަކީ ދީނީ އިލްމުވެރިއެއް ނޫން. އެއީ ސިޔާސީ ޝެއިހެއް.

ޙަިލިއަމް

ޢިޔާޒަށް ފިރިހެނެއްގެ ކަކޫ ފެނިއްޖެ.

ޢިޔާ

ލޮލް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345