ކ. ގުރައިދޫ

ގުރައިދޫގައި ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެ

Nov 6, 2021
2

ކ. ގުރައިދޫގައި ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.

މީގެ އިރުކޮޅެއް ކުރިން ގުރައިދޫ އުުތުރު ފަރާތު ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނުނީ ދެ އަހަރު އަންހެން ކުއްޖެކެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު ވިދާޅުވީ ކުއްޖާގެ ހަށިގަނޑު މޫދުން ފެނިގެން ނަގައިގެން ރަށުގެ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ކުއްޖާ މަރުވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

"މިއީ ހިތާމަވެރި ހާދިސާއެއް. ބޮޑަށް ބެލެވެނީ ހަމަ ގެނބިގެން މަރުވީ ކަމަށް. ކުއްޖާގެ ހަށިގަނޑު އަދި އޮތީ ސިއްހީ މަރުކަޒުގައި،" ޔާމީން ވިދާޅުވި އެވެ.

ގުރައިދޫ ވާހަކަ ދެއްކި މީހަކު ބުނީ މަރުވި ކުއްޖާގެ ގެ ހުންނަނީ ގޮނޑުދޮށާ ވަރަށް ކައިރީގައި ކަމަށެވެ. ކުއްޖާގެ މަންމަ އެ ކުއްޖާ އަށް ކާންދޭ ހުރެފައި ގޭތެރެއަށް ވަނީ ކަމެއް ދިމާވެގެން ކަމަށާއި އެނބުރި ބޭރަށް އައި އިރު ފެނުނީ ކުއްޖާ މޫދުގައި އޮއްވާ ކަމަށެވެ.

ކުއްޖާގެ މަރާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ގުރައިދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.