މަރު

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެ ކުނިވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެ ކުނިވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ މާލޭގެ މައްޗަންގޮޅީގައި ހުރި ފަޅު ގެއަކުން ކުނިވަސްދުވާ ކަމުގެ މައުލޫމާތު ލިބިގެން މިއަަދު 3:42 އެހާކަންހާއިރު ފުލުހުން އެ ގެއަށް ގޮސް ބަލާފައިވާ ކަމަށެވެ. އެ ގޭގެ ތެރެއިން މަރުވެފައި އޮތް ފިރިހެނަކު ފެނިފައިވާ ކަަމަށެވެ.

އެއީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ހާއްސަ ޓީމެއް މިހާރު އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މަރުވެފައި އޮތް މީހާ ފެނިފައިވަނީ ބުރުޒުމަގުގައި ހުންނަ މއ. އާފަލުގެ ތެރެއިންނެވެ. އެ ގެ ފަޅަށް ހުންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ.