ޖިންސީ ފުރައްސާރަ

ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

Nov 20, 2021

ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުންނަށް މައްސަލަ ރިޕޯޓްކޮށްފައިވަނީ ކ. އއ. އދ. އަދި ވ. އަތޮޅު ހިމެނޭ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަނުންނެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މައްސަލަ ރިޕޯޓްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 12:50 ހާއިރު ކަމަށެވެ.

މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މައްސަލަ ތަހުގީގު ކުރަމުންދާތީވެ މައްސަލައާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން ހިއްސާކޮށްފައެއް ވެސް ނުވެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ކަމާ ގުޅޭއިދާރާތަކަށް ހުށަހެޅޭ އަދަަދު އިތުރުވަމުން ދިޔަ ނަމަވެސް އެފަދަ މައްސަލަތައް ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ނަތީޖާއެއް ނުފެނެ އެވެ.