ވިޔަފާރި

ކުލަ އާއި ވަރުނީސް އިޓަލީގެ ބްރޭންޑެއް މުނި ހޯމް ކެއާއިން ތައާރަފު ކުރަނީ

ކުލަ އާއި ވަރުނީސް އުފައްދަން މަޝްހޫރު ސެން މާކޯ މުނި އެންޓަޕްރައިސަސް އިން ރާއްޖެއަށް ތައާރަފު ކުރަން ތައްޔާރު ވެއްޖެ އެވެ.

ގިނަ ބްރޭންޑު ތަކެއް ރާއްޖޭގައި ވިއްކާ ކުންފުނިން "ސެން މާކޯ" ތައާރަފު ކުރުމުގެ ގޮތުން މި ޕްރޮޑަކްޓް ވަނީ ނިމިގެންދިޔަ ލިވިން އެކްސްޕޯޓުގައި ދައްކާލާފަ އެވެ. ހުޅުމާލެ ސެންޓްރަލްގައި ބޭއްވި ހަފުލާއެއްގައި މި ޕްރޮޑަކްޓް އިފުތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. މިނިސްޓަރުގެ އިތުރުން މި ރަސްމިއްޔާތުގައި މުނި ކުންފުނީ ގެ ބައެއް އޮފިޝަލުން ބައިވެރިވި އެވެ.

މުނި އެންޓަޕްރައިސަސް އިން ނިންމާފައިވަނީ މި ޕްރޮޑަކްޓް އަންނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގެ ބާޒާރަށް ނެރުމަށެވެ.

މުނި ހޯމްކެއާ އިން ބުނީ "ސެން މާކޯ"އަކީ އެ އެ ކުންފުނިން ރާއްޖެ އަށް އަލަށް ތައާރަފު ކުރުމުގެ ގޮތުން ގެންނަ އުފެއްދުމެކެވެ. އަދި އެ ކުންފުނީގެ މަގުސަދަކީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންވާ ޕްރޮޑަކްޓްތައް ގެނެސްދިނުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ސެން މާކޯގެ ތައާރަފެއް

އިޓަލީވިލާތުގައި މައި މަރުކަޒު ހުންނަ ސެންމާކޯގެ ކުލަ އާއި ދަވާދު އަދި ވަރުނީސްއަކީ ތިމާވެއްޓާއި ރަހުމަތްތެރި އުފެއްދުންތަކެވެ. އަދި މި ކުންފުނީގެ އުފެއްދުން ތަކަކީ ރާއްޖެ ފަދަ މާހައުލުތަކަށް އެކަށީގެންވާ އުފެއްދުން ތަކެކެވެ.