ރައްޔިތުންގެ މަޖިލިސް

ބައެއް ރިހެބުން ޑްރަގް ބޭނުން ކުރަން ހިތްވަރުދޭ: ކޮމިޓީ

އަތޮޅުތެރޭގައި އަޅާފައިވާ ބައެއް ރިހިބިލިޓޭޝަން ސެންޓަރުތަކުން އެތަނުގައި ފަރުވާ ހޯދަންދާ މީހުންނަށް ޑުރަގް ބޭނުން ކުރަން ހިތްވަރުދޭ ކަމަށް ރައްޔިތުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ބުނެފި އެވެ.

ޗޭންޖް އެންޑީއޭ ޕެޓިޝަނާއި ގުޅިގެން ޕެޓިޝަން ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޓީގެ މުގައްރަރު އަދި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ވިދާޅުވީ ކޮންމެ 100 މީހަކުން 57 ފަރާތަކީ މަސްތުވާތެކީގައި ވަބާގައި ކޮންމެވެސް ގޮތަކުން ޖެހިފައި ހުރި މީހެއް ކަމަށެވެ.

ޗޭންޖް އެންޑީއޭ ޕެޓިޝަން ދިރާސާ ކުރިއިރު ކޮމިޓީގެ މެމްބަރު އެންޑީއޭގެ ދަށުން ހިންގާ ހުރިހާ ސެންޓަރުތަކަށް ޒިޔާރަތް ކޮށްފައިވާނެ ކަމަށް ނަސީރު ވިދާޅުވި އެވެ. އަދި އެތާގައި މަސައްކަތްކުރާ މީހުންނާއި ފަރުވާ ހޯދަމުންދާ މީހުންނާއި ވާހަކަދައްކައި މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށެވެ.

"ކޮމިޓީއަށް ހޯދިފައިވާ މައުލޫމާތުގެ އަލީގައި ބައެއް ފަހަރަށް ހީވާ ކަހަލަ އެއްބަޔަކު މަސައްކަތްކުރަނީ މިކަން ހުއްޓުވާށޭ، އަނެއް ބަޔަކު ބަޔަކު މަސައްކަތް ކުރަނީ މިކަން އާލާކުރާށޭ." މުގައްރަރު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ސެންޓަރު ތަކުގައި މަސްތުގެ ވަބައިގެ ޖެހިފައިވާ ޒުވާނުން އެބަތިބި ކަމަށާއި އެއިން ކޮންމެ ކުއްޖަކަށް ސަރުކާރުން 16،000 ރުފިޔާ ހަރަދު ކުރާ ކަމަށް ވިދާޅުވި އެވެ.

ޕެޓިޝަން ކޮމިތީގެ ނައިބު މުގައްރިރު އަދި ތިނަދޫ އުތުރު ދާއިރާ މެމްބަރު އަބްދުލްމުގްނީ ވިދާޅުވީ ޗޭންޖް އެންޑީއޭ ޕެޓިޝަނަކީ އެއްކަމަށް އެދި ގިނަ އަދަދެއްގެ ރައްޔިތުން ހުށަހެޅި އެންމެ ބޮޑު ޕެޓިޝަން ކަމަށެވެ." އޭގައި 1000 އަށްވރެ ގިނަ މީހުން ސޮއި ކޮށްފައިވަނީ".

އެންޑީއޭއިން ހިންގާ ރިހެބް ސެންޓަރުތައް ބެލުމަށް މެމްބަރު ޒިޔާރަތްކުރި ކަން ފާހަގަކުރައްވަމުން މުގްނީ ވިދާޅުވީ އެތަންތަނުގެ ހާލަތު ވަރަށް ގާތުން ފެނުނު ކަމަށާއި އެއީ ވަރަށް ހިތާމަވެރި މަންޒަރުތަކެއް ކަމަށެވެ.

އަތޮޅުތެރޭގައި ހުރި ބައެއް ސެންޓަރުތައް ހުރީ ފަޅަށް ކަމަށާއި އެހެން މަރުކަޒުތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުނަށް ހިތްވަރުދޭ ތަންތަންކަން ކޮމިޓީއަށް ފާހަގަކުރެވުނު ކަމަށެވެ. " ބައެއް ކުދިން އެއަށް ސިކްވީމަ ސެންޓަރުތަކަށް ގޮސް ނިކުމެމޭ ވަރުވީމަ ދަނީ. ރަނގަޅަށް ފަރުވާއެއް ނުލިބޭ." މުގްނީ ވިދާޅުވި އެވެ.