ރާއްޖެ ކުޅިވަރު

ނިއުއިން އަޑުބަރޭ ދޫކޮށްލައިފި

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން އެކުލަބުގެ ކެޕްޓަން އަސްއަދު އަލީ (އަޑުބަރޭ) ދޫކޮށްލައިފި އެވެ.

ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި ނިއުއިން އެކުލަބުގެ ކެޕްޓަން ދޫކޮށްލީ އޭނާ އެކަމަށް އެދުމުންނެވެ.

ވިކްޓަރީން ފާހަގަ ވުމަށްފަހު ވީބީ އާއި މާޒިޔާ އަށް ވެސް ކުޅުނު އަޑުބަރޭ އަކީ އަންނަ ސީޒަނަށް ގިނަ ކުލަބުތަކަކުން އޭނާގެ އެހީއަށް އެދެމުންދާ ކުޅުންތެރިއެކެވެ. ނަމަވެސް އަދި ވަކި ކުލަބަކަށް އޭނާ ނުނިންމަ އެވެ.

ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ އަޑުބަރޭ އަކީ އަންނަ ސީޒަނުގައި ނިއުއިން ނުފެންނާނެކަން ޔަގީންވި ފުރަތަމަ ކުޅުންތެރިޔާ އެވެ. އޭނާ ނިއުއަށް ބަދަލުވީ ވެސް މި އަހަރު އެވެ. މިދިޔަ އަހަރު ނިއު އަށް ކުޅެން އޭނާ ސޮއިކުރި ނަމަވެސް ފަހުން ވަނީ ނިއުއިން ރިލީޒް ހޯދައިގެން މާޒިޔާ އަށް ބަދަލުވެފަ އެވެ.

އަޑުބަރޭ އަކީ ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް)އާ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ. އޭނާ ނިއު އަށް އައީ ވެސް ބަލަުކުގެ އެދުމުގް މަތިންނެވެ. ނަމަވެސް މި އަހަރަށް ފަހު ނިއުގެ ޗެއާމަންކަން ދޫކޮށްލަން ބަލަކް ވަނީ ނިންމައިފަ އެވެ.