ބޭރު ކުޅިވަރު

ޖީރޫޑްގެ ހެޓްރިކާއެކު އާސެނަލް ދެ ވަނަ ބުރަށް

އޮލީވިއާ ޖީރޫޑް އޮލިމްޕިއާކޯސް ކޮޅަށް ހެދި ހެޓްރިކާއެކު 3-0އިން މޮޅުވެ، ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މެޗަށް ނުކުތްއިރު ވެސް މޮޅުވެގެން ނޫން ގޮތަކަށް އާސެނަލް އަށް ދެ ވަނަ ބުރަށް ދެވޭކަށްނެތެވެ. އެއްވަރުކޮށްގެން ވެސް އޮލިމްޕިކާއޯސް އަށް ފުރުސަތު އޮތެވެ.

އެކަމަކު މެޗުގެ މެޗުގެ ފުރަތަމަ ލަނޑު ޖީރޫޑް ޖެހީ 29 ވަނަ މިނިޓްގަ އެވެ. އަދި 49 ވަނަ މިނިޓްގައި ދެ ވަނަ ލަނޑު ޖަހައި އޭނާ ހެޓްރިކް ހެދީ 67 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ.

މި ހެޓްރިކާއެކު އޭނާ ވެގެންގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި އާސެނަލް އަށް ހެޓްރިކެއް ހަދައިދިން ހަތަރު ވަނަ ކުޅުންތެރިޔާ އަށެވެ. އެއީ ތިއޭރީ އޮންރީ އާއި ނިކޮލަސް ބެންޓްނާ އަދި ޑެނީ ވެލްބެކަށްފަހު އެވެ. އަދި މިއީ އާސެނަލް ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ޖެހިޖެހިގެން ކޮލިފައިވި 16 ވަނަ ފަހަރުވެސްމެ އެވެ.

އާސެނަލް ހިމެނުނު ގްރޫޕް އެފްއިން އެ ޓީމަށް ލިބުނީ ދެ ވަނަ އެވެ. އެއީ ނުވަ ޕޮއިންޓާއެކުގަ އެވެ. މިއަދަދަށް އޮލިމްޕިއާކޯސް އަށް ވެސް ޕޮއިންޓް ލިބިފައިވެ އެވެ. އެކަމަކު އެ ޓީމު ކަޓައި އާސެނަލް ދެ ވަނަ ބުރަށް ދިޔައީ ގޯލުގެ ތަފާތުން އާސެނަލް ދެ ވަނަ އަށް ދިއުމުންނެވެ.

އޮލިމްޕިއަކޯސްގެ ފަހަތުން ޓޭބަލުގެ ފުލަށް ދިޔައީ ތިން ޕޮއިންޓާއެކު ޑީނަމޯ ޒެގްރެބް އެވެ. އެ ޓީމު މިރޭ ބަލިވީ އެއްވަނަ ހޯދި ޖަރުމަނުގެ ބަޔާން މިއުނިކް އަތުން 2-0އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ދެ ލަނޑު ވެސް ޖެހީ ރޮބަޓް ލެވޮންޑޯސްކީ އެވެ. ބަޔާން އަށް އެއްވަނަ ލިބުނީ ޖުމުލަ 15 ޕޮއިންޓާއެކުގަ އެވެ.