ރާއްޖެ ކުޅިވަރު

މާޒިޔާ ވަރުގަދަ ގްރޫޕަކަށް

އަންނަ އަހަރުގެ އޭއެފްސީ ކަޕުގައ ރާއްޖޭގެ މާޒިޔާ ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފި އެވެ.

މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގައި މިއަދު ގުރު ނެގިއިރު އެ ޓީމު ލައްވާލީ ގްރޫޕް ޖީގަ އެވެ. މި ގްރޫޕުގައި ހިމެނެނީ އިންޑިއާގެ މޯހަންބަގާން އާއި ހޮންކޮންގެ ސައުތު ޗައިނާ އެވެ. ދެންހިމެނޭނީ މިޔަންމާގެ ޔަންގޮން ނުވަތަ ޔަދަނާއެވެ.

މުބާރާތުގައި މާޒިޔާ ވާދަކުރަނީ ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަނުގެ ގޮތުން ރާއްޖޭގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ލީގު ޗެމްޕިއަން ޓީމުގެ ގޮތުގައި ރާއްޖެއިން ވާދަކުރާ ނިއުރޭޑިއަންޓް ލައްވާލީ ގްރޫޕް އެފް ގައެ. މި ގްރޫޕުގައި ދެން ހިމެނެނީ ހޮންކޮންގެ ކިޗީ އާއި ސިންގަޕޫރުގެ ބެލެސްޓިއާ އާއި ފިލިޕީންސްގެ ކާޔާ އެފްސީ އެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ފަށާނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ. މުބާރާތް ނިންމާނީ ނޮވެމްބަރު މަހުގެ ފަހެއްގަ އެވެ.