މޯލްޑިވްސް ޕޮލިސް ސާވިސް

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ދެ މީހަކު ހޯދަނީ

Dec 1, 2021

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެ ދިވެހިރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމަށް ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭރުފައިސާ ގަނެ ވިއްކައި ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މުހައްމަދު އިގުބާލް ހޮސައިންއާއި ޝޮހެލް ނަމަކަށް ކިޔާ ދެ މީހެކެވެ.

އެ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް އެންގުމަށްވެސް އެދިފައިވެއެވެ.

އިގްތިސޯދު ދަށްވާ ކޮންމެ ވަގުތެއްގައި ޑޮލަރުގެ ކަޅުބާޒާރު މައްސަލަ ބޮޑުވެ އެވެ. ނަމަވެސް މިކަމަށް މިހާތަނަށް ދާއިމީ ހައްލެއް ގެނެވިފައެއް ނުވެ އެވެ. ޑޮލަރުގެ ކަޅުބާޒާރުގެ ހަރަކާތްތައް ކޮވިޑް-19 އާ ގުޅިގެން ވަނީ ބޮޑުތަނުން ގޯސްވެފަ އެވެ. މިގޮތުން ދިވެހިން އަޑީގައި ތިބެގެން ބިދޭސީން ލައްވާ ކުރުވާ ބޮޑު ވިޔަފާރިއެއްގެ ގޮތުގައި މިކަން ވަނީ ފެށިފަ އެވެ. މި މައްސަލަ އެންމެ ބޮޑަށް އާއްމުންނާއި ސަރުކާރުގެ ސަމާލުކަމަށް އައީ އަވަސް އިންވެސްޓިގޭޓްސް އިން ގެނެސްދިން ރިޕޯޓަކާ ގުޅިގެންނެވެ.