ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އެކި ވަރުގެ އަނިޔާ ވެއްޖެ އެވެ.
ނަމަވެސް މަންޒަރު ދުށް މީހުން އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ ކާރަކާއި ސައިކަލެއް ޖެހިގެނެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް ދޭއްގައި އެކްސިޑެންޓެއް ހިނގައިިގެން މިއަދު މެންދުރު ރިޕޯޓް ކުރުުމުން އެކަން ބަލާ ކަމަށެވެ. އަދި ބުނީ އެކްސިޑެންޓްގައި އަނިޔާވި ތިން މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ.