ހަބަރު

ޕެންޝަން އޮފީހުގެ ފައިސާ ވަގަށް ނެގި ނައިބު މިނިސްޓަރެއްގެ މައްސަލަ ބަލަނީ

Dec 13, 2015
1

މޯލްޑިވްސް ޕެންޝަން އޮފީހުގެ ދެ މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައެއް އެ އޮފީހުން ހުށަހަޅައިގެން ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ، އެ އޮފީހުގެ އިސް މަގާމެއް ފުރުއްވި ބޭފުޅަކު ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލައެއް ފުލުހުން މިހާރު ބަލަމުން އަންނަ ކަމަށެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވެނީ ހޯމް މިނިސްޓްރީގެ ނައިބު މިނިސްޓަރުކަން ކުރައްވާ، އަހުމަދު އަދީމެވެ. އޭނާ މީގެ ކުރިން ހުރީ، ޕެންޝަން އޮފީހުގެ އިސް މަގާމެއްގަ އެވެ.

އެ މައްސަލަ ފެންމަތިވީ އެ އޮފީސް އޮޑިޓް ކުރުމުގެ ތެރޭގައި ކަމަށްވެ އެވެ. ހިޔާނާތްވީ ކަމަށް ތުހުމަތުވެފައި ވަނީ ދެ މިލިއަނެއްހާ ރުފިޔާ ކަމަށް އެނގިފައިވެ އެވެ.