އަބްދުﷲ ޖާބިރު

ޖާބިރު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރު ކުރުމަށް ފަހުު ދޫކޮށްލައިފި އެވެ.

ޖާބިރު މިއަދު ވިދާޅުވީ މިއަދު ހެނދުނު އޭނާ ހައްޔަރުކުރީ ޖޮގިން ކުރައްވަން ހުއްޓާ ކަމަށާއި ހައްޔަރު ކުރީ ކުއްފުންޏަކުން ދަރަނި ނުދައްކާ މައްސަލައެއްގައި އޮތް ކޯޓުގެ ހުކުމަކަށް ކަމަށެވެ. ވިދާޅުވީ ކޯޓަށް ހާޒިރުވާން އޮތީ މިއަދު ހެނދު 10:00 ޖެހިއިރު ކަމަށެވެ. ކޯޓަށް ގެންދިއުމަށް ފަހު މިހާރު ފުލުހުން އޭނާ ދޫކޮށްލައިފި ކަމަށެވެ.

"ފޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު، އަދި ހޯމް މިނިސްޓަރު އިމްރާންގެ އިތުރުން މައްސަލަ ބައްލަވާ ފަނޑިޔާރު އަޅުގަނޑާ މެދު ކަންކުރެއްވީ އިންސާފުވެރި ކޮށެއް ނޫން. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން." ޖާބިރު ވިދާޅުވި އެވެ.

މީގެ ކުރީން ޖާބިރުގެ ޕާސްޕޯޓް ވެސް ހިފެހެއްޓި އެވެ.