ހަބަރު

ސްނައިޕަރުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

  • މިއީ ސްނައިޕަރުގެ މުއްދަތު އިތުރުކުރި ހަތަރު ވަނަ ފަހަރު
  • ސްނައިޕަރު ގެނައީ ރައީސް އަވަހާރަ ކޮށްލަން ކަމަށް ބުނޭ
  • ލަންކާ މީޑިޔާއިން ބުނަނީ އޭނާއައީ ކިހި މަހުގެ ވިޔަފާރިކުރަން ކަމަށް

ރައީސް އަބްދުﷲ ޔާމީނަށް ހަމަލާދީ އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ސްރީލަންކާ "ސްނައިޕަރު" ގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

މިއީ އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކުރި ހަތަރު ވަނަ ފަހަރެވެ. މައުލޫމާތު ލިިބިފައިވާ ގޮތުގައި މިދިޔަ ހަފްތާގެ ތެރޭގައި ސްނައިޕަރުގެ ބަންދަށް ވަނީ އިތުރު 15 ދުވަސް ޖަހައިދީފަ އެވެ.

މިދިޔަ އޮކްޓޯބަރުގެ 24 ވަނަ ދުވަހު މި ސްނައިޕަރު ހައްޔަރުކޮށްފައިވަނީ ރާއްޖެއިންނެވެ.

މީގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމީހާ ރާއްޖެ ގެނެސްފައި ވަނީ ދިވެހީންގެ ބަޔަކު ފައިސާދީގެން އޭނާ ލައްވައި ރައީސް ޔާމީން އަވަހާރަކޮށްލަންކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް އުމުރުން 27 އަހަރުގެ އެމީހާ އާއި ބެހޭގޮތުން ލަންކާގެ ނޫސްތަކުގައި ބުނެފައިވަނީ އޭނާ ރާއްޖެ އައިސްފައިވަނީ ރާއްޖޭގައި ކިހި މަހުގެ ވިޔަފާރި ކުރަން ކަމަށެވެ.