މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ފުލުސް ފްލެޓްތައް ނިންމަން އަމީންއަށް

މޯލްޑިވްސް ޕޮލިސް ސާވިސަސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހުޅުމާލޭގައި ތަރައްގީކުރަމުންދާ ފްލެޓްތަކުގައި ނުނިމިހުރި މަސައްކަތް ކުރުމަށް އަމީން ކޮންސްތްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ. އަދި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު މުހައްމަދު އިރުފާން އެވެ.

ފުލުހުންނަށް އަމާޒުކޮށް ހުޅުމާލެގެ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކުރަން ފަށާފައިވާ ޕޮލްކޯ ފްލެޓްތަކުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ހިންގާ މިމަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކަކީ ފިނިޝިންގގެ މަސައްކަތްތަކެވެ.

ޕޮލްކޯ ފްލެޓްތަކުގައި ހިމެނެނީ ޖުމުލަ 361 ޔުނިޓްގެ ތިން ޓަވަރެވެ. އަދި ކޮންމެ ޔުނިޓެއްގެ ބޮޑުމިނަކީ އެވްރެޖްގޮތެއްގައި 1100 އަކަ ފޫޓެވެ. އެ ޓަވަރުތަކުގައި ހިމެނޭ ވަސީލަތްތަކުގެ ތެރޭގައި އެޕާޓްމަންޓްތަކުގެ އިތުރުން، ޕާކިން އޭރިއާ، ކޮމާޝަލް އޭރިއާ އަދި މަލްޓިޕާޕޯސް ހޯލް ހިމެނެއެވެ.

ފުލުހުންގެ ފްލެޓްތަކުގެ މަޝްރޫ ފަށާފައިވަނީރައީސް ވަހީދުގެ ސަރުކާރުގަ އެވެ. އެ މަސައްކަތް ނުނިވި މިހާރު އަށް ވަރަކަށް އަހަރު ވަނީ ފާއިދުވެ ގޮސްފަ އެވެ. ފްލެޓްތައް ނުލިބި ގިނަދުސްވެފައިވާތީ ގިނަ ފުލުހުން ކަންބޮޑުވުންފާޅުކުރެ އެވެ.

ފުލުހުންނަށް ހަވާލުކުރެއްވި އެމަޝްރޫޢުގެ މަސައްކަތް ފުރަތަމަ ކޮށްފައި ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އާއި އެވެ. އެކުންފުނިން ޑައުންޕޭމަންޓަށް ބޮޑު އަދަދަކުން ފައިސާ ނަގައި ނޫމަޑިއާއިއެކު ވެފައިވާ އެއްބަސްވުން ރައީސް ޔާމީންގެ ސަރުކާރުން ވަނީ އުވާލާފައެވެ.

ފަހުން ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކޮށްފައިވަނީ އައިލެންޑް އެކްސްޕާޓާ އިން ނެވެ. ނަމަވެސް މުވައްޒަފުން މަދުވުމުން އެ މަސައްކަތް އެ ކުންފުނިން ހުއްޓާލީ މިދިޔަ އަހަރުގަ އެވެ.