ގެއެއްގެތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ދެންމެ ބުނީ މާފަންނު ގެއެއްގައި މީހަކު ވެެއްޓިފައިވާ ކަމުގެ މައުލޫމާތު މިރޭ ނުވައެއް ޖަހާ އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓާއި ގުޅިގެން ފުލުހުން އެ ގެއަށް ދިޔައިރުވެސް ވެެއްޓިފައިވާ މީހާ މަރުވެފައިވާ ކަމަށް އެ ގެއަށް ދިޔަ ފުލުހުންގެ ޓީމުގައި ހިމެނޭ ޑޮކްޓަރާ ހަވާލާ ބުންޏެވެ.
މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުުހުން ބުންޏެވެ.