ފޮރިން މިނިސްޓްރީ

މިސްރުގައި ދިވެހި ދަރިވަރަކު މަރުވެއްޖެ

މިސްރުގައި ކިޔަވަމުން ދިޔަ ދިވެހި ދަރިވަރަކު މަރުވެއްޖެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ.

ފޮރިން މިނިސްޓްރީން ބުނީ ރޭގެ ވަގުތެއްގައި މިސްރުގައި މަރުވި ކުއްޖާގެ މަރަކީ ގުދުރަތީ މަރެއް ކަމަށެވެ.

މިސްރުގައި ކިޔަވަމުންދިޔަ ދިވެހި ދަރިވަރު މަރުވެފައިވަނީ އެ ގައުމުގެ ވެރިކަންކުރާ ސިޓީ، ގާހިރާގައި ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގައި ދިރިއުޅޭ އެ ދަރިވަރުގެ އާއިލާއަށް ފޮރިން މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި އަދި އެ ހާދިސާއަށް ފަހު އަބޫދާބީގައި ހުންނަ ރާއްޖޭގެ އެންބަސީން މިސްރުގައި ކިޔަވަމުންދާ ދަރިވަރުންގެ ހާލު ބަލަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެެވެ.

މިސްރުގައި މަރުވި ދަރިވަރު ކިޔަވަމުންދިޔަ ދާއިރާއެއް ނޭނގެ އެވެ.