ޓޫރިސްޓް އެރައިވަލް

ދެ ހަފުތާއިން އެރައިވަލް ބައިލައްކައިން މައްޗަށް

މިދިޔަ އަހަރު 1.3 މިލިއަން ވަނައަށް އައި ޓޫރިސްޓުން: މި އަހަރު ދެ މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރޭ -- ފޮޓޯ: އަވަސް
0%
0%
0%

އާ އަހަރުގެ ފުރަތަމަ ދެ ހަފުތާގައި ރާއްޖެއަށް ބައި ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ 12 ދުވަހު ރާއްޖެއަށް 55،055 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މި އަދުގެ ނިޔަލަށް މި އަހަރުގެ ފުރަތަމަ 15 ވޭތުވެގެން ދިޔައިރު މި އަދަދު ވަނީ ބައި ލައްކަަށް ވުރެ ބޮޑު ތަނުން މަތިވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދުގެ ނިޔަލަށް އައި ޓޫރިސްޓުންގެ ހިސާބުތައް އަދި އާއްމު ނުކުރި ނަމަވެސް މިހާރު ޓޫރިސްޓު ޑެއިލީ އެރައިވަލް ހުރި ގޮތަށް ބަލާނަމަ މިހާރު ރާއްޖެއަށް ގާތްގަނޑަކަށް 58،000 ޓޫރިސްޓުން މިހާރު އައިސްފައިވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ޓޫރިސްޓު ޑެއިލީ އެރައިވަލް އުޅެނީ 4،588 ގަ އެވެ. އަދި ޓޫރިސްޓުން ރާއްޖޭގައި މިހާރު އެވްރެޖުކޮށް ނުވަ ދުވަހު މަޑު ކުރެ އެވެ.

މިމަހުގެ 12 ދުވަހު ޓޫރިޒަމުން ނެރުނު ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް މާކެޓަކީ ރަޝިއާ އެވެ. އެ ގައުމުން 11،000 މީހުން އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އޭގެ ކުރީ އަހަރު 555،494 ޓޫރިސްޓުން އައިއިރު 2019 ވަނަ އަހަރު 1.9 މިލިއަން މީހުން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345