ހައިކޯޓް

ހައިކޯޓުން އެންމެ ގިނަ މައްސަލަ ނިންމީ މިދިޔަ އަހަރު

Jan 21, 2022
1

ހައި ކޯޓު އުފެއްދި ފަހުން އެންމެ ގިނަ މައްސަލަ ނިންމި އަހަރަކަށް މިދިޔަ އަހަރު ވެއްޖެ އެވެ.

ހައިކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ހައިކޯޓަށް ޖުމްލަ 835 މައްސަލަ ހުށަހަޅާފައިވެ އެވެ. އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އޮގަސްޓް މަހު އެވެ. އެއީ 104 މައްސަލަ އެވެ.

މިދިޔަ އަހަރު ރަޖިސްޓްރީކޮށް ނިންމި މައްސަލަތައް

މިދިޔަ އަހަރު ހުށަހެޅުނު ޖުމްލަ މައްސަލަތަކުގެ ތެރެއިން ރަޖިސްޓްރީކޮށްފައިވަނީ 625 މައްސަލަ އެވެ. އެންމެ ގިނަ މައްސަލަ ރަޖިސްޓްރީ ކޮށްފައިވަނީ ސެޕްޓެމްބަރު މަހު އެވެ. އެއީ 85 މައްސަލަ އެވެ.

ހައިކޯޓުން މިދިޔަ އަހަރު ޖުމްލަ 672 މައްސަލަ ނިންމާފައިވެ އެވެ. އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ މިދިޔަ މާޗް އެވެ. އެއީ 100 މައްސަލަ އެވެ.

މިދިޔަ އަަހަރު ނިމުނުއިރު ހައިކޯޓުގައި ނުނިމި ޖުމްލަ 679 މައްސަލަ އޮތެވެ. އެއީ 2017 ވަނަ އަހަރު ނުނިމި އޮތް ދެ މައްސަލައާއި، 2018 ވަނަ އަހަރު ނުނިމި އޮތް 21 މައްސަލައާއި، 2019 އަހަރު ނުނިމި އޮތް 186 މައްސަލައާއި، 2020 ވަނަ އަހަރު ނުނިމި އޮތް 141 މައްސަލައިގެ އިތުރުން މިދިޔަ އަހަރު ނުނިމި އޮތް 329 މައްސަލަ އެވެ.

ހައިކޯޓުން ބުނީ ނުނިމި ހުރި މައްސަލަތައް ނިންމުމަށް އެ ކޯޓުން އިސްކަންދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.