ޑރ. މުހައްމަދު މުއިއްޒު

މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހަށް

Jan 23, 2022
4

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންނަށް ހުށަހަަޅައިފި އެެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މުއިއްޒަށް މަރުގެ އިންޒާރު ދީފައިވަނީ ފޭސްބުކް މެސެންޖައިން ފޮނުވި މެސެޖެއްގަ އެވެ.

އެ މެސެޖުގައި މުއިއްޒަށް އަމާޒުކޮށް "ކަލޭ މަރާލާނަން" ލިޔެފައިވާ ކަމަށްވެސް މައުލޫމާތު ދިން ފަރާތުން ބުނެފައިވެ އެވެ.

މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވެސް ވަނީ އަވަސް އަށް ޔަގީންކޮށްދީފަ އެވެ.

ނަމަވެސް އެ މައްސަލައިގައި އިތުރު އެއްވެސް ވާހަކައެއް ދައްކަވަން އޭނާ ބޭނުމެއް ނުވި އެވެ.