ވިޔަފާރި

ޓެލެގްރާފުގެ ކިޔުންތެރިންގެ ދެވަނަ މަންޒިލަކީ ރާއްޖެ

Jan 19, 2015

ޓެލެގްރާފުން ހޮވާ އެންމެ ހިތްގައިމު ގައުމުތަކުގެ ދެވަނަ މަންޒިލަކަށް ރާއްޖެ ހޮވިއްޖެ އެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފު ނޫހުގެ 9000 އަށްވުރެ ކިޔުންތެރިންގެ ހިޔާލުގެ މައްޗަށް ބިނާކޮށް ރާއްޖެއަށް އެންމެ މަގުބޫލު މަންޒިލުގެ ދެވަނަ ލިބުނުއިރު، އެންމެ މަގުބޫލު މަންޒިލަކަށް ހޮވިފައިވަނީ ނިއުޒިލޭންޑެވެ.

ޓެލެގްރާފުގެ ކިޔުންތެރިންގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ހޮވުނު ނިއުޒިލޭންޑަކީ ގިނަ ބަޔަކު ދަތުރުކުރާ ޔޫރަޕުގެ އެންމެ މުހިންމު އެއް ގައުމެވެ. އެ ގައުމު ސިފަކޮށްފައިވަނީ ދަތުރުވެރިންގެ މަންޒިލެއްގެ ގޮތުގަ އެވެ. ރާއްޖެ ސިފަކޮށްފައިވަނީ ލޯބިވެރިން އަރާމުކޮށްލުމަށް އަންނަ މަންޒިލެއްގެ ގޮތުގަ އެވެ.

ޓޫރިޒަމްގެ އެކި ހިދުމަތްތަކަށް ހާއްސަކޮށްގެން ޓެލެގްރާފުން ދޭ މި އެވޯޑްގެ ގިނަ ވަނަތަކެއް ދީފައިވެ އެވެ. އެގޮތުން ދުނިޔޭގެ އެންމެ މަގުބޫލު ޓުއާ އޮޕަރޭޓަރަކަށް ހޮވިފައިވަނީ ވަނީ އިނގިރޭސިވިލާތުގެ ޓްރެއިލްފައިންޑާސް އެވެ. ދެ ވަނަ މަގާމަށް އޮޑްލޭ ޓްރެވެލް ހޮވުނުއިރު، ތިން ވަނަ މަޝްހޫރު ޓުއާ އޮޕަރޭޓާ ހޮވިފައިވަނީ ކޯނި އަށެވެ

އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ އެއް ގައުމެވެ. މި އެވޯޑުގެ ސަބަބުން އިނގިރޭސިވިލާތުގައި ރާއްޖެ މަޝްހޫރު ވެގެންދާނެ އެވެ.