މޯލްޑިވްސް ޕޮލިސް ސާވިސް

މި މަހު ވައްކަމުގެ 336 މައްސަލަ

މި މަހު ފުލުހުންނަށް ވައްކަމުގެ 336 މައްސަލައް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކޮންމެ މަހަކު ފުލުހުން ނެރޭ މައްސަލަތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ މިހާތަނަށް 881 މައްސަލައެއް ފުލުހަށް ވަނީ ހުށަހަޅާފަ އެވެ. އޭގެތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލައެކެވެ. ވައްކަމުގެ 336 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

ދެން އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލައެވެ. މަސްތުވާ ތަކެތެއްޗާއި ގުޅުންހުރި 113 މައްސަލެއް މި މަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި މަހު ޖިންސީ ފުރައްސާރައިގެ 27 މައްސަލައަކާއި މާރާމާރީގެ 34 މައްސަލައެއްގެ އިތުރުން ގެވެށި އަނިޔާގެ 23 މައްސަލައަކާއި ފޭކު ފައިސާ ގެންގުޅުމުގެ އަށް މައްސަލަ އަކާއި ޗެކް ބައުންސިންގެ ދެ މައްސަލައެއް ފުލުހަށް ވަނީ ހުށަހަޅާފަ އެވެ.

އޭގެ އިތުރުން ފޭރުމުގެ 25 މައްސަލައެއް މި މަހުގައި ހުށަހަޅާފައިވާއިރު އެކްސިޑެންޓުވެގެން 96 މައްސަލައެއް ފުލުހަށް ވަނީ ހުށަހަޅާފަ އެވެ.

ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާތީ ގެއިން ނިކުންނަ އިރުގައި ރަނގަޅަށް ގެ ތަޅުލައި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އާންމުންނަށް އިލްތިމާސް ކުރެ އެވެ.