ހަބަރު

ބޭރުގައި ވިސާ ޑެބިޓް ބޭނުންކުރެވޭ ލިމިޓް ބީއެމްއެލްއިން އިތުރުކޮށްފި

  • ކުރީގައި ދުވާލަކު ބޭނުންކުރެވެނީ 600 ޑޮލަރު
  • މިހާރު ދުވާލަކު 1،000 ޑޮލަރު ބޭނުންކުރެވޭ

މިއަދުން ފެށިގެން ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ ވިސާ ޑެބިޓް ކާޑު މެދުވެރިކޮށް ދުވާލަކަށް 1000 ޑޮލަރު ބޭނުންކުރެވޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.

މީގެ ކުރިން ކަސްޓަމަރުންނަށް ބޭނުންކުރެވެނީ ދުވާލަކަށް 600 ޑޮލަރެވެ.

މި ބަދަލާއެކު މިހާރު ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ދުވާލަކަށް 400 ޑޮލަރާ އެއްވަރަށް ފައިސާ ނެގޭނެ ކަމަށާއި ޕީއޯއެސްތަކުން ދުވާލަކަށް 600 ޑޮލަރުގެ ވިޔަފާރިކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި ބުނީ މިއީ ކަސްޓަމަރުންގެ ހިޔާލާއި އަދި ބޭންކުން ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއީ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް އުފާވެރި ޚަބަރެއް، ވަކިން ހާއްސަކޮށް މިދުވަސްވަރު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ފަރާތްތަކަށާއި ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް." މި ބަދަލާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވެސްގެ ރީޓެއިލް ބޭންކިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވި އެވެ.