ކޮލި އަލި މަނިކު

ކޮލި އަލިމަނިކުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފި

ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރިވެރިޔާ އަލީ އުމަރު މަނިކު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާއި ގުޅިގެން އެ މަނިކުފާނުގެ ހަނދާނުގައި ތައުޒިޔާ ދަފުތަރެއް ހުޅުވައިފި އެވެ.

މި ދަފުތަރު ހުޅުވިފައި ހުންނާނީ މާދަމާއިން ފެށިގެން މި މަހުގެ 27 ވަނަ ދުވަހާ ހަމައަށެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގައާއި ސިންގަޕޫރުގައި ހުންނަ ދިވެހި ހައިކޮމިޝަންގައިވެސް ތައުޒިޔާގެ ފޮތް ބާއްވާނެ އެވެ.

ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގައި ފޮތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 23 ،24 އަދި 28 ވަނަ ދުވަހުގެ 10:30 އިން 16:00 އަށެވެ. އަދި ސިންގަޕޫރުގައި ހުންނަ ދިވެހި ހައިކޮމިޝަންގައި ތައުޒިޔާގެ ފޮތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 22 ،23 އަދި 24 ވަނަ ދުވަހުގެ ހެނދުނު 10:20 އިން 12:00 އަށް އަދި މެންދުރުފަހު 14:00 އިން 16:00 އަށެވެ.

އަލީ އުމަރު މަނިކު އަވާހަރަވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ.