މޯލްޑިވްސް ޕޮލިސް ސާވިސް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދޮންބައްޕަ ހައްޔަރުކޮށްފި

Feb 12, 2022

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދޮންބައްޕަ ހައްޔަރުކޮށްފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އުތުރުގެ ރަށެއްގައި އުމުރުން 13 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުންނަށް މިމަހުގެ ނުވަވަނަ ދުވަހު ހުށަހެޅުނު މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

އުމުރުން 33 އަހަރުގެ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ ކޯޓުން ވަނީ 10 ދުވަސް ދީފަ އެވެ.

ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދަނީ ޖެންޑާ މިނިސްޓްރީއާ ގުޅިގެންނެވެ.