ބޭރު ކުޅިވަރު

ބްލެޓާ އާއި ޕްލެޓިނީ އަށް އަހަރަށް ސަސްޕެންޑްކޮށްފި

ކޮރަޕްޝަނުގެ ތުހުމަތުގައި 90 ދުވަހަށް ސަސްޕެންޑްކޮށްފައިވާ ފީފާގެ ރައީސް ސެޕް ބްލެޓާ އާއި ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓިނީ އަށް އަހަރަށް ސަސްޕެންޝަންޑް ކޮށްފި އެވެ.

އެ ޖަމާއަތުގެ އިންވެސްޓިގޭޝަން ކޮމިޓީން މި ގޮތަށް ނިންމީ ބްލެޓާ ސޮއިކޮށް ޕްލެޓީނީ އަށް 2011 ވަނަ އަހަރު ދީފައިވާ 1.5 މިލިއަން ޕައުންޑްގެ މައްސަލަ ސާބިތުވާވާ ވަރަށް ހެކި ހުރުމުންނެވެ.

މި މައްސަލާގައި ގޯސްކަމެއް ނެތް ކަމަށް ބްލެޓާ އާއި ޕްލެޓިނީ ވެސް އެއްބަސްވެ އެވެ. ނަމަވެސް ފީފާއިން ބުނީ 2002 ވަނަ އަހަރު ކުރި މަސައްކަތަކަށް އޭގެ މާފަހުން ފައިސާ ދިނުމަކީ މައްސަލައެއް ކަމަށެވެ. އަދި މިކަމުގައި އެއްވެސް ލިޔެކިއުމެއް ނެތް ކަމަށާއި މިއީ މަގާމުގެ ނުފޫޒާއި ހިންގުންތެރިކަން ނެތުމާއި ޒިންމާދާރުނުވުން އެކުލެވޭ މައްސަލައެއް ކަމަށެވެ.

މި މައްސަލާގައި ބްލެޓާ ވިދާޅުވީ ފީފާގެ ގަވާއިދުގެ ދަށުން ލިޔުމުންނާއި އަނގަބަހުން ވެސް އެއްބަސްވުން ހެދިދާނެ ކަމަށާއި މިއީ އަނގަބަހުން އެއްބަސްވެފައިވާ ކަމެއްގައި ދީފައިވާ ފައިސާ ކަމަށެވެ. އެއީ ބްލެޓާގެ އެޑްވައިޒަރަކަށް ޕްލެޓީނީ މަސައްކަތް ކުރުމުގެ އުޖޫރަ ކަމަށެވެ.

ކޮރަޕްޝަނުގެ މައްސަލާގައި ޕްލެޓިނީ އަކީ އަންނަ ފެބްރުއަރީ މަހު ބާއްވާ ފީފާގެ އިންތިހާބަށް ޝަރުތު ހަމަނުވާ މީހެއް ކަމަށް ވެސް ވަނީ ނިންމާފަ އެވެ. ނަމަވެސް އޭނާ ވަނީ އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަނުގައި މި މައްސަލަ އިސްތިއުނާފުކޮށްފަ އެވެ. އަދި އޭނާ އުއްމީދު ކުރަނީ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށެވެ.

ފީފާގެ ރައީސަކު ހޮވަން އިންތިހާބު މި ބާއްވަނީ ޖެހިޖެހިގެން ފަސް ވަނަ ދައުރަކަށް ހޮވުނުތާ ތިން ދުވަސް މަހުން މަގާމުން އިސްތިއުފާ ދެއްވަން ބްލެޓާ ނިންމެވުމުންނެވެ. އެއީ ވެސް ކޮރަޕްޝަނުގެ މައްސަލާގައި މެމްބަރު ގައުމުތަކުންނާއި ފީފާގެ ސްޕޮންސަރުންގެ ޕްރެޝަރު ބޮޑުވުމުންނެވެ.