ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައިފި އެވެ.
ފުލުހުންގެ އިދާރާއިން ބުނީ ދެވަނަ ފިޔަވަހީގަި މިރޭ 8:00 ހާއިރު މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބެގެން އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ފުލުހުން ބުނީ މާރާމާރި ހިންގީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ
އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީގައި ތިން މީހަކަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފަ އެވެ. އަދި ހުޅުމާލެ ހޮސްޕިޓަލްގައި އެ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.
މާލޭ ސަރަހައްދުގައި މާރާމާރީ ހިންގުން ވަނީ ފަހަކަށް އައިސް އާންމުވެފަ އެވެ. މާރާމާރީގެ އެކި ހާދިސާތަކުގައި ބައެއް މީހުން މަރުވެފައިވެސްވެ އެވެ.