މޯލްޑިވްސް ޕޮލިސް ސާވިސް

40 ފުލުހެއްގެ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

އިއްޔެ އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންނަށް ހުވާލައިދެއްވީ ފެމެލީ ކޯޓުގެ ގާޒީ އަލްއުސްތާޒާ ޒައީމާ ނަޝީދު އަބޫބަކުރުއެވެ.

ފުލުހުންނަށް ހުވާ ލައިދެއްވުމަށްފަހު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަލްއުސްތާޒާ ޒައީމާ ނަޝީދު އަބޫބަކުރު ވަނީ ފުލުހުންގެ ހުވަޔާ އެއްގޮތަށް މަސައްކަތްކޮށް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށާ އަދި ފުލުހުންގެ ގާނޫނީ ވާޖިބު ފުރިހަމައަށް އަދާކުރުމަށް ނަސޭހަތްތެެރިވެލައްވާފަ އެވެ.

އިއްޔެ ހުވާކޮށްފައިވަނީ ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 40 ފުލުހުންނެވެ. އެއީ 16 އަންހެން ފުލުހުންނާއި 24 ފިރިހެން ފުލުހުންނެވެ. ހުވާކުރުމަށްފަހު ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.

އެ ރަސްމިއްޔާތުގައި، ހިއުމަންސް ރިސޯސް ޑިވެލޮޕްމަންޓުގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒު ބައިވެރިވެލެއްވިއެވެ.