މަގުމަތީގެ އެކްސިޑެންޓް

ސެނަހިޔާ ކައިރީ އެކްސިންޓެއްވެ ބަޔަކަށް އަނިޔާވެއްޖެ

Feb 26, 2022

ސެނަހިޔަ ހޮސްޕިޓަލް ކުރިމަތީގައި އެކްސިޑެންޓެއް ހިނގާ ބަޔަކަށް އަނިޔާވެއްޖެ އެެވެ.

މީގެއިރުކޮޅެއް ކުރިން މި އެކްސިޑެންޓް ހިނގީ ރިންގް ރޯޑުން ދެކޮޅަށް ދުއްވާފައި ދިޔަ ދެ ސައިކަލްގެ ތެރެއިން އެއް ސައިކަލް، ސެނަހިޔާ ކުރިމަތިން ބުރުޒު މަގަށް ވަންނަ އުޅެނިކޮށް ދެ ސައިކަލް މުޑިއަރައިގެންނެވެ.

މި އެކްސިޑެންޓްގައި ބަޔަކަށް އަނިޔާވި ނަމަވެސް އެކަމުގެ ތަފްސީލް އަދި ލިބިފައެއް ނުވެ އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ އަނިޔާވި ބައެއް މީހުންނަށް ސެނަހިޔަ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

އެކްސިޑެންޓްވި ސަރަހައްދުގައި ފުލުހުންގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

ސެނަހިޔާ ކުރިމަތީގައި މީގެކުރިން ވެސް ނުރައްކާތެރި އެތައް އެކްސިޑެންޓްތައް ހިނގާފައިވެ އެވެ.