ގދ. ތިނަދޫ

ތިނަދޫ ތަރައްގީކުރާނީ އާބަން ސެންޓަރެއްގެ ގޮތުގައި: މުއިއްޒު

ގދ. ތިނަދޫ އަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ރަށެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތިނަދޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ތިނަދޫ އަކީ މި ސަރުކާރުން ތަރައްގީ ކުރުމަށް ބޭނުންވާ ރަށެއް ކަމަށާއި އެގޮތުން އެރަށުގައި ގިނަ މަޝްރޫއުތެއް ހިންގަން ނިންމާފައިވާ ކަމަށާއި އެގޮތުން ތިނަދޫ ތަރައްގީ ކުރާނީ އާބަން ސެންޓަރެއްގެ ގޮތުގައި ކަމަށެވެ.

ތިނަދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު މުއިއްޒުު ވިދާޅުވީ ތިނަދޫގެ ބިން ހިއްކާ ނިމުމުން ކައިރީގެ ރަށްތައްކުގެ މީހުން ތިނަދޫއަށް ބަދަލުކުރާނެ ކަމަށެވެ.

"އޭގެ ސަބަބުން ތިނަދޫގެ ރައްޔިތުންނަށާއި ކައިރި ރަށްތަކުގެ ރައްޔިތުންނަށް ވެސް ފައިދާވާނެ،"

މިނިސްޓަރު ވިދާޅުވީ، ތިނަދޫގައި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ސަބަބަބުން އެ ރަށުގައި އިތުރު ވަސީލަތްތައް ގާއިމްކުރެވި އާބާދީ އެއްފަސްކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. ތިނަދޫގެ ބިންހިއްކުމުގެ މަޝްރޫއު މިހާރު ކުރިއަށް ގެންދެއެވެ.

އަންނަ އަހަރު ގިނަ މަޝްރޫއުތަކެއް ރާވާފައިވާކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، މަޝްރޫއުތައް ހަލުވި މިނެއްގައި ކުރިއަށް ގެންދަން ރައީސް އޮފީހުގައި ވަކި ޑިޕާޓްމެންޓެއް އުފައްދާފައިވާ ކަމަށެވެ. އަންނަ އަހަރު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވުމުގެ މުނާސަބާތާ ގުޅިގެން ހަދާ މިއުޒިއަމް ޕާކްގެ މަޝްރޫއު ހިމެނޭ ކަމަށް ވިދާޅުވިއެވެ.

"ތިނަދޫގެ މިއުޒިއަމް ޕާކު މަޝްރޫއަކީ އަންނަ އަހަރަށް ރާވާފައިވާ މަޝްރޫއުތަކުގެ ތެރެއިން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް މަޝްރޫއު" މިނިސްޓަރު ވިދާޅުވިއެވެ. "އަންނަ އަހަރުގެ ބަޖެޓް ފާސްވުމާއެކު ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ފަށައިގަތީ އެހެންވެ،"