މޯލްޑިވްސް ޕޮލިސް ސާވިސް

ބިދޭސީ މީހާއަށް ހަމަލާދިން މީހާ ހައްޔަރު ކޮށްފި

Mar 12, 2022

ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލުމުގެ ތުހުމަތަށް ދިވެެހި ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ކްރިކީލަ މަގު ޗާންދަނީ މަގާ ގުޅުނު ހިސާބުން ބިދޭސީ ފިރިހެނަކަށް ހަމަލާދީފައިވާ ކަަމަށެވެ. އެ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިރޭ ހަތެއް ޖެހިއިރު އެވެ.

އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

އަދި އެ މައްސަލައާ ގުޅިގެން 37 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މާރާމާރީގެ އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.