ތިލަފުށި

ތިލަފުށީގައި ތިން ބިދޭސީއަކު ޒަހަމްވެއްޖެ

ތިލަފުށީގެ ސައިޓެއްގައި ހިނގި ނުރަައްކާތެރި ހާދިސާއެއްގައި ތިން ބިދޭސީއަކު ޒަހަމްވެއްޖެ އެވެ.

ފުލުުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ތިލަފުށީގެ ސައިޓެއްގައި ހާދިސާއެއް ހިނގައިގެން މިއަދުު ހެނދުނު 11 ޖެހިއިރު ރިޕޯޓް ކުރި ކަަމަށެވެ. އަދި އެ ހާދިސާގައި ޒަހަމްވި ތިން މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ބިދޭސީންނަށް ލިބުނު ޒަހަމްގެ ތަފްސީލެއް އައިޖީއެމްއެޗުން ވެސް ނުދެ އެވެ. ހަމައެކަނި ބުނީ އެ ތިން މީހުންނަށް އީއާރުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ތިލަފުށީ ސައިޓްގައި ނުރައްކާތެރި ހާދިސާތައް ހިނގައި މީގެ ކުރިން ވެސް ބިދޭސީން ޒަހަމްވެ މަރުވުމުގެ ހާދިސާތައް ދިމާވެފައި ވެއެވެ.