ލައިފްސްޓައިލް

މަރުވެފައިވާ ދަރިފުޅު ކޮނޑުގައި ގެންދާ މަންޒަރުން ރޮއްވާލައިފި

އިންޑިޔާގެ އޮޑީޝާގައި ބައްޕައަކު އޭނާގެ މަރުވެފައިވާ ދަރިފުޅު ކޮނޑަށް ލައިގެން މަގުމަތިން ދާ މަންޒަރު ފެނިފައި ގިނަ ބަޔެއްގެ ހިތް ހަލާކުވެއްޖެ އެވެ. އޭނާއަށް ދަރިފުޅު ކޮނޑަށް ލައިގެން ދާން މަޖްބޫރުވީ އެ ގަބުރު ގެންގޮސްދޭނެ އެމްބިއުލެންސެއް ނުލިބިގެން ކަމަށް ވެއެވެ.

އާކާޝް ބާނިއާ ނަމަކަށް ކިޔާ މި ފިރިހެން ކުއްޖާ އަކީ ރައިގަޅް ޑިސްޓްރިކްޓްގެ ހަރީޖަން ސާހީ އޭރިއާގައި އޭނާގެ މައިންބަފައިންނާއެކު ދިރިއުޅުނު ކުއްޖެކެވެ.އުމުރުން 9 އަހަރުގެ މި ކުއްޖާ ކުއްލިއަކަށް ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި މަރުވީ އެވެ. އެ ހޮސްޕިޓަލު ހުންނަނީ ކުއްޖާގެ ގެއާ ހަ ކިލޯ މީޓަރު ދުރުގަ އެވެ.

ދަރިފުޅު މަރުވުމުން އޭނާ ގެއަށް ގެންގޮސް ޖަނާޒާގެ ކަންތައް ކުރުމަށްޓަކައި އެމްބިއުލެންސެއް ހޯދަން އާކާޝް މަސައްކަތް ކުރި ކަމަށް ވެއެވެ. ނަމަވެސް އެ ގަބުރު އުފުލަދޭނެ އެމްބިއުލެންސެއް ނުލިބުމުން އައި ރުޅިން ދަރިފުޅު ކޮނޑަށް ލައިގެން އޭނާ ހިނގައިގަތީ އެވެ.

މި ކުއްޖާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބޭރަށް ހިންގާފަ އެވެ. ދަރިފުޅު ބަލިވުމުން އާކާޝް އާއި އޭނާގެ އަންހެނުން ވަނީ ގިނަ އަދަދެއްގެ ފައިސާ ދަރިފުޅުގެ ބޭހަށް ޚަރަދުކޮށްފަ އެވެ. ހޮސްޕިޓަލަށް ގެންދިޔައީ އެއްވެސް ބޭހަކަށް ނުގުޑައި ހާލު ދެރަވާން ފެށުމުންނެވެ.

ކުއްޖާގެ ބައްޕަ ސުރާދަރް ބާނިއާ، 41، ބުނި ގޮތުގައި ދަރިފުޅު އެއް ދުވަހަކު ބޭރުގައި ކުޅެން އުޅެފައި ކުއްލިއަކަށް ގެއަށް އައީ ބަލިވެގެންނެވެ. ދަރިފުޅަށް ގޭގައި ގިނަ ގުނަ ފަރުވާތައް ދިން ކަމަށާއި ހާލު ބޮޑުވާން ފެށުމުން މިދިޔަ އާދިއްތަ ދުވަހު ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ ކުއްޖާ އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ކުއްޖާ މަރުވުމުން އަނބުރާ ގެއަށް ގެންދަން އެމްބިއުލެންސެއް ހޯދަން އެ ކުއްޖާގެ ބައްޕަ އެކި ތަންތަނަށް ވަރަށް ދިޔަ ކަމަށް ވެއެވެ. ނަމަވެސް އޭނާއަށް އެމްބިއުލެންސެއް ހަމަ ޖެހޭ ގޮތް ނުވުމުން ކޮނޑަށް ލައިގެން ހިނގާފައި ދިޔައީ އެވެ.

ނަމަވެސް ކުއްޖާގެ ބައްޕަގެ ވާޙަކަތައް ހޮސްޕިޓަލުގެ އޮފިޝަލުން ދޮގުކުރެ އެވެ. އެމީހުން ބުނަނީ އެމްބިއުލެންސް ހޯދަން ކުއްޖާ ބައްޕަ ނޭދޭ ކަމަށެވެ. މިހާރު މި މައްސަލަ ހިނގި ގޮތް ބަލަމުންދާކަމަށް ހޮސްޕިޓަލުންނާއި ކަމާ ބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.