އެކްސިޑެންޓް

ހެވީ ވެހިކަލެއް ދަަށުގެ ބޮޑެތި އަނިޔާތަކެއް ވެއްޖެ

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓް ހިނގަައިފި އެވެ.

ދިވެހި ފުލުހުން ހިދުމަތުން ބުނީ މިއަދު ހަވީރު ހުޅުމާލެ ފޭސް ދޭ ބްރިޖް ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގީ ދެ ފިޔަވަހި ގުޅުވާލި ބްރިޖުން ދުއްވާފައި ދިޔަ ހެވީ ވެހިކަލަކާއި ސައިކަލެއް ޖެހިގެންނެވެ.

ސައިކަލް ދުއްވަން އިނީ އަންހެނެކެވެ. އަންހެން މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެއެވެ.

ފުލުހުން ބުނީ އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަަށެވެ. ލިބުނު އަނިޔާގެ ތަފްސީލެއް ނުދެއެވެ.

އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުން އަންހެން މީހާ ދުއްވި ސައިކަލް އޮތީ ހެވީ ވެހިކަލްގެ ފުރޮޅު ދަށުވެފައެވެ. ފުލުހުން ބުނީ އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.