މަސްތުވާތަކެތި

ޑުރަގް އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

Apr 3, 2022

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ހައްޔަރުކޮށްފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ އަހްމަދު އަލީ (32އ) އާއި މޮއިމިނާ ގުލްފާމް (20އ) އެވެ.

އެ މީހުން ހައްޔަރު ކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް އާއި ޓޫރިސްޓް ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވެލާނާ އިންޓަނޭޝަލަން އެއާޕޯޓުންނެވެ.

މަސްތުވާތަކެތި ފެނިފައިވަނީ، އެމީހުން ގެންގުޅުނު ދަބަހެއް ބަލައި ފާސްކުރި އެ ދަބަހުންނާއި އެމީހުންގެ ހަށިގަނޑު ތެރެއިން ކަމަށްވެސް ބުންޏެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފަައެވެ.