ލިފްޓެއް ވެެއްޓި ދެ މީހަކަށް އަނިޔާވެއްޖެ އެވެ. މި ހާދިސާ ހިނގީ ހުޅުމާލޭގައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ހުޅުމާލޭގައި ގުދަނެއްގައި ހުރި ލިފްޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. މި ހާދިސާ ހިނގީ ހަވީރު ފަހެއް ޖަހާ އެހާކަންހާއިރު އެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ބިދޭސީ ދެ މީހަކަށެވެ. އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބާއި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.