ހުޅުމާލެ

ހުޅުމާލޭގައި ވަޅިން ހަމަލާދީ މީހަކު ޒަހަމުކޮށްފި

ހުޅުމާލޭގައި ވަޅިން ހަމަލާދީ މީހަކު ޒަހަމުކޮށްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓްގައެވެ. މާރާމާރީ ހިންގީ ޕާކިސްތާނު މީހަކާއި ބަންގްލަދޭޝް މީހަކާ ދެމެދު އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ހުޅުމާލޭގެ ރެސްޓޯރަންޓެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަަމަލާދީ މީހަކު ޒަހަމުކޮށްލާފައިވާ ކަމަށެވެ. އަނިޔާ ލިބުނު މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ އެ މީހާ ވަރަށް ބޮޑަށް ޒަހަމުކޮށްލާފައިވާ ކަމަށެވެ. އަދި ހަމަލާ ދިނުމަށް ފަހު ޕާކިސްތާނު މީހާ ފިލާފައިވާ ކަމަށެވެ.