މަރު

ވަޅިން ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލައިފި

ހުޅުމާލޭގައި ވަޅިން ހަމަލާދީ ޒަހަމުކޮށްލި މީހާ މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓްގައެވެ. މާރާމާރީ ހިންގީ ޕާކިސްތާނު މީހަކާއި ބަންގްލަދޭޝް މީހަކާ ދެމެދު އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ހުޅުމާލޭގެ ރެސްޓޯރަންޓެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަަމަލާދީ މީހަކު ޒަހަމުކޮށްލާފައިވާ ކަމަށެވެ. އަނިޔާ ލިބުނު މީހާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުން ދެންމެ ބުނީ ފަރުވާއަށް ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެމީހާ މަރުވެފައިވާ ކަމަށެވެ. ފުލުހުންވެސް ވަނީ އެކަން ޔަގީން ކޮށްދީފައެވެ. މަރުވެފައިވަނީ ބަންގްލަދޭޝް މީހެކެވެ.

ހަމަލާ ދިން މީހާ ވަނީ ފިލާފައެވެ. އެއީ ޕާކިސްތާނު މީހެކެވެ.